ދިވެހިރާއްޖެއިން ޚިދުމަތްދެނީ ހަމައެކަނި އެއަރލައިންތަކަށާއި ހޮޓެލްތަކަށް އަންނަ މެހެމާނުންނަށް އެކަންޏެއް ނޫނެވެ. ދިވެހިރާއްޖެ މިވަނީ ދަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމުގެ ދާއިރާގައި ލޯޔަލްޓީ ޕްރޮގްރާމެއް ހުށަހަޅައިދޭ ދުނިޔޭގެ ފުރަތަމަ ގައުމަކަށް ވުމުގެ މަގުމަތީގައެވެ.
ދިވެހިރާއްޖޭގެ ބޯޑަރ މައިލްސް ޕްރޮގްރާމްުގައި ތިން މަރުހަލާއެއްވެއެވެ. އަބާރަނަ (ރަން)، އަންތާރާ (ރިހި)، އަދި އައިދާ (ލޯ). މި ތިން ނަމަކީ އިންޑިއާ ކަނޑުގައިވާ ދިވެހިރާއްޖޭގައި އުޅޭ ދިވެހިން ވާހަކަދައްކާ ބަހުން އުފައްދާފައިވާ، ދިވެހި ނަންތަކެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ސެޕްޓެންބަރު 28ގައި އިއުލާން ކޮށްފައިވަނީ، ފަތުރުވެރިންނަށް ބައިވެރިވެވޭ ”ދިވެހިރާއްޖޭގެ ބޯޑަރ މައިލްސް ޕްރޮގްރާމްުގައި ތިން މަރުހަލާއެއް“ ވާ ކަމަށެވެ. ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކަށާއި، އެއިން ކޮންމެ ފަހަރަކު ރާއްޖޭގައި ހޭދަކުރާ މުއްދަތަށް ޕޮއިންޓު ލިބެމުންދާނެއެވެ. މީގެ އިތުރުން، ޚާއްސަ މުނާސަބަތުތައް ފާހަގަކުރަން ރާއްޖެއަށް ޒިޔާރަތްކުރާނަމަ، އިތުރު ޕޮްިންޓު ލިބޭނެއެވެ.