ރާއްޖެއިން ކޯވިޑް19 އަށް އިތުރު 110 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 24 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 86 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 79 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12,314 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 847 އެކްޓިވް ކޭސް ހިމެނޭއިރު، 59 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 277 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
މީގެ އިތުރުން މިބަލީގައި އިތުރު ދެމީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކަކީ 72 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަނެކަކީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯވިޑުގެ ކޭސްތައް މަދުވެފައި އޮތުމަށް ފަހު ހާލަތު އަނެއްކާވެސް މިދަނީ ތިންވަނަ ރާޅަކާއި ދިމާލަށެވެ. މިދަނޑިވަޅުގައި ފަރުދީ ޒިންމާ އަދާކޮށް، އެހްޕާއޭގެ ގައިޑްލައިންތަކަށް ޢަމަލު ކުރުން ނުހަނު މުހިންމެވެ.
މިބަލީގައި ރާއްޖެ އިން މިހާތަނަށް 45 މީހަކު ނިޔާވެފައި ވާއިރު 11,316 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.