ހޯރަފުށީ އެއާޕޯޓަށް ޓެސްޓްފްލައިޓް ޖައްސައިފި

Loading

Facebook
Twitter
WhatsApp

ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ހޯރަފުށީ އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސީ ދިވެހި ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު މާދަމާ އެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

އެއާޕޯޓު ހުޅުވާތާ ހަފުތާއެއް ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް