ޔޫއޭއީގައި ކޮވިޑަށް ފަރުވާ ކުރާ ޑޮކްޓަރުންނަށް 10އަހަރުގެ ވިސާ ދެނީ

Loading

Facebook
Twitter
WhatsApp

ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގައި މަސައްކަތްކުރާ، ކޮވިޑް-19އަށް ފަރުވާ ކުރާ ހުރިހާ ޑޮކްޓަރުންނަށް 10އަހަރުގެ ރސިޑެންސް ވިސާ ދިނުމަށް ނިންމައިފިއެވެ.

އަދި މިއާއި އެކު ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ޚާއްސަ ތަޖްރިބާކާރުންނަށްވެސް 10 އަހަރުގެ ރެސިޑެންސް ވިސާ ދޭން ވަނީ ނިންމައިފައެވެ.

ގަލްފުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ޔޫއޭއީގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އާއްމު ގޮތެއްގައި ދެނީ އެ މީހެއްގެ ވަޒީފާއާ ގުޅޭ ގޮތުން ކުރު މުއްދަތުގެ ވިސާއެކެވެ. ދިގު މުއްދަތުގެ ވިސާ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ވިޔަފާރިވެރިންނާއި އެކި ދާއިރާތަކުގެ ތަޖްރިބާކާރުން ޝައުގުވެރި ކުރުވުމަށް ޔޫއޭއީ އިން މިދިޔަ އަހަރު ވަނީ ”ގޯލްޑަން“ 10 އަހަރުގެ ވިސާ ޕްރޮގްރާމެއް ތައާރަފްކޮށްފަ އެވެ..\

ވިސާ ޕްރޮގްރާމް މިދިޔަ އަހަރު ތައާރަފް ކުރުމުން 6،800 އިންވެސްޓަރުން ޝައުގުވެރިވި އެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ އެކި ސިނާއަތްތަކުގައި 27 ބިލިއަން ޑޮލަރު އިންވެސްޓްކުރި އެވެ.

އިގްތިސާދު ފުޅާ ކުރުމަށް ސައުދީ އާއި ގަތަރު ފަދަ ގައުމުތަކުން ވެސް ވަނީ މިފަދަ ވިސާ ޕްރޮގްރާމްތައް ތައާރަފްކޮށްފަ އެވެ. ސައުދީން މިދިޔަ އަހަރުގެ ޖޫން މަހު ބުނެފައި ވަނީ 800،000 ރިޔާލް (213،000 ޑޮލަރު) އަށް ޕާމަނެންޓް ރެސިޑެންސީ ދޫކުރާނެ ކަމަށެވެ. އަދި އަހަރުން އަހަރަށް އާ ކުރެވޭ ގޮތަށް 100،000 ރިޔާލް (27،000 ޑޮލަރު) އަށް ވިސާ ދޫކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ގަތަރުން ވެސް ދާދި ފަހުން ވަނީ އެ ގައުމުން ބޭރު މީހުންނަށް ގެދޮރު ގަނެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ގެދޮރު ގަންނަ މީހުންނަށް ދިގު މުއްދަތުގެ ވިސާ ނުވަތަ ޕާމަނެންޓް ރެސިޑެންސީ ދޫކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް