ލޮނުޒިޔާރަތް ޕާކު ހުޅުވައިފި

މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ތަރައްޤީ ކުރި ”ލޮނުޒިޔާރަތް ޕާކު“ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެނެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ތަރައްޤީ ކުރަން ފެށި މި ޕާކު ނުނިމި ލަސްވެގެން ދިޔައީ އެކި އެކި ސަބަބު ތަކާއި ހެދިއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައި އެޕާކުގެ މަސައްކަތް ކޮށް ވަނީ ނިންމަލައިފައެވެ. މާލޭ މޭޔަރ ޝިފާ މުޙައްމަދު މީގެ ކުރިން ވިދާޅުވީ އޭރު ޕާކު ނުހުޅުވި ލަސްވީ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެންނެވެ. ޖުމްހޫރީ ދުވަހާއި ގުޅިގެން އިއްޔެ […]

ކޯވިޑް19: އިއްޔެ އިތުރު 29 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 22 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 07 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 22 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 12 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12,059 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 812 އެކްޓިވް ކޭސް ހިމެނޭއިރު، 49 […]

ފުލުހުންކަމަށް ހެދިގެން ތިބި ބަޔަކު މާލެއިން ތަނެއް ފޭރިއްޖެ!

ފުލުހުން ކަމަށް ހެދިގެން ތިބިބަޔަކު މާލެއިން ގެސްޓްހައުސް އަކަށް ވަދެ އެތަނުން ބައެއް ތަކެތި ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހުން އެތަން ފޭރިފައިވަނީ ތަނުގެ މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށް ފަހުގައެވެ. ފުލުހުންވަނީ މިމައުލޫމާތު ބައެއް މީޑިޔާތަކަށް ހިއްސާކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ފޭރުނު މީހުންތަށް ވަދެފައިވަނީ މަޖީދީ މަގުގައި ހުންނަ ފަރިވާ ސްޓޭ ނަމަކަށް ކިޔާ ގެސްޓްހައުސް އަކަށެވެ. އަދި އެމީހުންނަކީ ފުލުސް އިންޓެލިޖެންސް ބައެއް […]

ކަރެކްޝަނަލް ސާވިސްގެ އޮންލައިން ޕޯޓަލްއެއް ތަޢާރަފްކޮށްފި!

     މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮަށްދޭނެ ޕޯޓަލްއެއް ތަޢާރަފް ކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ތަޢާރަފް ކޮށްފައިވާ މިޕޯޓަލްއަކީ އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސަރވިސް (އެޓަމްސް) އީ-ސަރވިސް ޕޯޓަލްގެ ޓަރައިލް ވަރޝަންއެކެވެ.       މިޕޯޓަލް ތަޢާރަފްކޮށްދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެމްސީއެސްގެ ހެޑް ކުއާޓަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް، އިމްރާން ﷲޢަބްދު އެވެ.       ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި […]

މަސްތުވާތަކެއްޗާއި އެކު މިލަންދޫއިން ދެމީހަކު ހައްޔަރުކޮށްފި!

   ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ މާލެއިން މިލަންދޫއަށް އަންނަ ދެމީހަކު އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް އާއްމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. މިއޮޕަރޭޝަން ހިންގުމުގައި ފުލުހުންގެ އިންޓެލިޖަންސްއާއި އެއަތޮޅުގެ ފުލުހުން ބައިވެރިވެފައި ވެއެވެ.     ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައި ވެއެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން […]

އެންގޯލާއާއި އެކު ރާއްޖެއިން ޚާރިޖީގުޅުން ގާއިމުކޮށްފި

އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ އެންގޯލާ އާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ. މިއީ ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރި 173 ވަނަ ޤައުމެވެ. ރާއްޖެއާ އެންގޯލާއާއި ޚާރިޖީ ގުޅުން ގާއިމުކުރީ އިއްޔެ، ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި އޮތް ރަސްމިއްޔާތެއްގައެވެ. އެރަސްމއްޔާތުގައި ރާއްޖެއާއި އެންގޯލާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރި ކަމުގެ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވެވީ ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. އެންގޯލާގެ ސަރުކާރުގެ ފަރާތުން […]

އަފްޣާނިސްތާނުގައި އަންހެނަކަށް ހަމަލާދީ ލޮލުގެފެނުން ގެއްލުވައިލައިފި

އަފްޣާނިސްތާނުގައި ވަޒީފާއަށް ނުކުތް އަންހެނަކަށް ހަމަލާދީ ލޮލުގެފެނުން ގެއްލުވައިލައިފިއެވެ. ޚަތީރާ ނަމަކަށް ކިޔާ 33 އަހަރުގެ އެ އަންހެން މީހާ މަސައްކަތް ކުރަމުންދިޔައީ އަފްޣާނިސްތާނުގެ ގަޒްނީގެ ފުލުހުންގެ އިދާރާގައެވެ. އޭނާ ވަޒީފާއިން ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތިން މީހަކު އައިސް ވަނީ ވަޅިން ލޮލަށް ހަމަލާދީފަ އެވެ. އެ އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި އޭނާއަށް ހަމަލާ ދިނީ ތަލިބާނުންނެވެ. ނަމަވެސް ތަލިބާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. ޚަތީރާ ބުނާ ގޮތުގައި އޭނާ ވަޒީފާއަދާ […]

ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ: ރައީސް އިބްރާހީމް

ކޯވިޑް-19އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”މިބަލީގެ (ކޯވިޑްގެ) ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް.“ ރައީސް އިބްރާހީމް ޖުމްހޫރީދުވަހުގެ މުނާސަބާގައި ގައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. “ އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއެކު، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން […]

ރެސިޑެންޓް ވިސާ އާއިއެކު ޢިނާޔަތް ދޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓްރީ ވިދާޅުވެއްޖެ

ރެސިޑެންޓް ވިސާގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިނާޔަތްތަކެއް ސަރުކާރުން ދޭނެ ކަމަށް ބުނެ ދައްކަމުން އަންނަނީ ދޮގު ވާޙަކަތަކެއް ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ. އިކޮނަމިކް މިނިސްޓްރީ އިން މިހެން ވިދާޅުވީ އެމިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައެވެ. އެނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ އިމިގްރޭޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީސާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއް ހިއްސާކުރަމުން […]

ބަޙްރައިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ބަޙްރައިންގެ ބޮޑުވަޒީރު، ޝެއިޚް ޚަލީފާ ބިން ސަލްމާން އަލްޚަލީފާ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެކަން އެޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފިއެވެ. ބޮޑުވަޒީރު ސަލްމާން އަވަހާރަވެފައިވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ބަޙްރައިންގެ ނޫސް އެޖެންސީތަކުން ރިޕޯޓް ކުރާގޮތުގައި ބޮޑުވަޒީރު އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ހަފްތާއެއް ވަންދެން ހިތާމަ ފާޅުކުރަން ނިންމާ، ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ދައުލަތުންވަނީ ނިންމައިފައެވެ. ޝެއިޚް ޚަލީފާ ބިން ސަލްމާނަކީ މިހާތަނަށް މުޅި […]