އެންގޯލާއާއި އެކު ރާއްޖެއިން ޚާރިޖީގުޅުން ގާއިމުކޮށްފި

Loading

Facebook
Twitter
WhatsApp

އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ އެންގޯލާ އާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ. މިއީ ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރި 173 ވަނަ ޤައުމެވެ.

ރާއްޖެއާ އެންގޯލާއާއި ޚާރިޖީ ގުޅުން ގާއިމުކުރީ އިއްޔެ، ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި އޮތް ރަސްމިއްޔާތެއްގައެވެ.

އެރަސްމއްޔާތުގައި ރާއްޖެއާއި އެންގޯލާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރި ކަމުގެ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވެވީ ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ.

އެންގޯލާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މަރީއާ ޑެ ޖެސޫސް ޑޮސް ރެއިސް ފެރޭރާއެވެ.

ދެޤައުމުގެ ދެމެދުގައި ގުޅުން ގާއިމުކުރުމުން ފާހަގަކުރެވެނީ ދެ

ޤައުމުގެ ރައްޔިތުންނާއި އެކި ދާއިރާތަކުން ގުޅުން އުފެދުމާއި ގުޅުން ބަދަހިކުރުމުގެ ތާރީޚީ ފެށުމެއްގެ ގޮތުގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެކިއެކި ޤައުމުތަކާއި އެކު ރާއްޖެއިން ގުޅުމާއި އެކުވެރިކަން އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒު ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް