ކަރެކްޝަނަލް ސާވިސްގެ އޮންލައިން ޕޯޓަލްއެއް ތަޢާރަފްކޮށްފި!

Loading

Facebook
Twitter
WhatsApp
     މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮަށްދޭނެ ޕޯޓަލްއެއް ތަޢާރަފް ކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ތަޢާރަފް ކޮށްފައިވާ މިޕޯޓަލްއަކީ އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސަރވިސް (އެޓަމްސް) އީ-ސަރވިސް ޕޯޓަލްގެ ޓަރައިލް ވަރޝަންއެކެވެ.
      މިޕޯޓަލް ތަޢާރަފްކޮށްދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެމްސީއެސްގެ ހެޑް ކުއާޓަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް، އިމްރާން ﷲޢަބްދު އެވެ.
      ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި މި ޕޯޓަލްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ޖަލުން ބޭރުގައިވާ އާއިލާއާއިއެކު ގާތްގުޅުމެއް ބޭއްވުމަކީ ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތަށް މުހިއްމު ކަމެއްކަމަށް ފާހަގަ ކުރައްވައިފައެވެ. އަދި މިނިސްޓަރ ވަނީ އައިޓީ ޓީމުގެ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.
      މި ރަސްމިއްޔާތުގައި ކޮމިޝަނަަރ އޮފް ޕްރިސަންސް އަހްމަދު މުހައްމަދުފުޅު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސްވިދާޅުވީ އީ-ސަރވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް އެމްސީއެސްގެ ހިދުމަތްތައް ހޯދުމަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހަކަމަކަށް ވެގެންދާނެކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މިހާރަށް ވުރެ އަވަސްވެގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
            އެމްސީއެސް އިން ހާމަ ކޮށްފައިވާ ގޮތުގައި މި ޕޯރޓަލް ފަރުމާކުރެވިފައިވާ ވަނީ ދެ ބަޔަކަށެވެ. އެއީ އާންމު ރައްޔިތުންނަށް ހިދުމަތްތަކަށް އެދުމަށް ހުޅުވާލެވިފައިވާ ޕަބްލިކް ޕޯރޓަލްއަކާއި އެމްސީއެސްގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރުކުރެވިފައިވާ އެޑްމިން ޕޯޓަލްއެކެވެ. ޕަބްލިކް ޕޯޓަލްއިން ޚިދުމަތްތަކަށް އެދުމުން އެޑްމިން ޕޯޓަލް މެދުވެރިކޮށް އޮފިސަރުނަށާއި މުވައްޒަފުންނަށް ކުރިއަށްވުރެ އަވަސް މުއްދަތެއްގައި ރިކުއެސްޓްތައް ޕްރޮސެސްކޮށް ހަމަޖެހިގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް