އަފްޣާނިސްތާނުގައި އަންހެނަކަށް ހަމަލާދީ ލޮލުގެފެނުން ގެއްލުވައިލައިފި

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގައި ވަޒީފާއަށް ނުކުތް އަންހެނަކަށް ހަމަލާދީ ލޮލުގެފެނުން ގެއްލުވައިލައިފިއެވެ.

ޚަތީރާ ނަމަކަށް ކިޔާ 33 އަހަރުގެ އެ އަންހެން މީހާ މަސައްކަތް ކުރަމުންދިޔައީ އަފްޣާނިސްތާނުގެ ގަޒްނީގެ ފުލުހުންގެ އިދާރާގައެވެ.

އޭނާ ވަޒީފާއިން ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތިން މީހަކު އައިސް ވަނީ ވަޅިން ލޮލަށް ހަމަލާދީފަ އެވެ.

އެ އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި އޭނާއަށް ހަމަލާ ދިނީ ތަލިބާނުންނެވެ. ނަމަވެސް ތަލިބާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ޚަތީރާ ބުނާ ގޮތުގައި އޭނާ ވަޒީފާއަދާ ކުރަން އޭނާގެ ބައްޕަ ޤަބޫލެއް ނޫނެވެ. އަދި އޭނާއަށް ހަމަލާ ދޭން ތަލިބާނުންނަށް މައުލޫމާތު ދިނީ އޭނާގެ ބައްޕަ ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

ގަޒްނީގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ ހަމަލާގެ ފަހަތުގައި އޮތީ ތާލިބާން ކަމަށެވެ. އަދި ޚަތީރާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚަތީރާ އޭނާގެ ފަސް ކުދިންނާ އެކު ފިލައިގެން މިހާރު ހުރި ކާބުލްގަ އެވެ. އޭނާގެ ކެރިއަރު ގެއްލިފައިވާތީ އޭނާ ދަނީ ވަރަށް ބޮޑަށް ހިތާމަކުރަމުންނެވެ.

ކުރިން އަންހެނުން އެމީހުންގެ ހައްޤުތަކުން މަހުރޫމް ކޮށްފައި އޮތް ނަމަވެސް ދެން އެމީހުންގެ ހައްޤުތަކަށް އިހްތިރާމްކުރާނެކަމަށް ތާލިބާނުން މިހާރު ދަނީ ބުނަމުންނެވެ. ނަމަވެސް އެކަން އަފްޣާނިސްތާނުގެ ބައެއް ފަރާތްތަކުން ގަބޫލެއް ނުކުރާކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް