ކޯވިޑް19: އިއްޔެ އިތުރު 29 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 22 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 07 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 22 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 12 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12,059 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 812 އެކްޓިވް ކޭސް ހިމެނޭއިރު، 49 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 222 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

މިބަލީގައި ރާއްޖެ އިން މިހާތަނަށް 41 މީހަކު ނިޔާވެފައި ވާއިރު 11,199 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް