ބަޙްރައިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

ބަޙްރައިންގެ ބޮޑުވަޒީރު، ޝެއިޚް ޚަލީފާ ބިން ސަލްމާން އަލްޚަލީފާ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެކަން އެޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފިއެވެ.

ބޮޑުވަޒީރު ސަލްމާން އަވަހާރަވެފައިވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ބަޙްރައިންގެ ނޫސް އެޖެންސީތަކުން ރިޕޯޓް ކުރާގޮތުގައި ބޮޑުވަޒީރު އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ހަފްތާއެއް ވަންދެން ހިތާމަ ފާޅުކުރަން ނިންމާ، ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ދައުލަތުންވަނީ ނިންމައިފައެވެ.

ޝެއިޚް ޚަލީފާ ބިން ސަލްމާނަކީ މިހާތަނަށް މުޅި ދުނިޔެއިންވެސް ޤައުމެއްގެ ބޮޑު ވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ. އެބޭފުޅާވަނީ 1970 ވަނަ އަހަރުން ފެށިގެން އެޤައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެހެންނަމަވެސް 2002 ވަނަ އަހަރު ޤާނޫނަށް އައި ބަދަލުތަކާއި ގުޅިގެން ބޮޑުވަޒީރުގެ ބައެއް ބާރުތައް ގެއްލި ވަޑައިގަތެވެ.

އެމަނިކުފާނު އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ. އުފަންވެ ވަޑައިގެންނެވީ 1935 ވަނަ އަހަރު ބަޙްރައިންގެ ޖަސްރާގައެވެ. އަވަހާރަވީއިރު އެމަނިކުފާނުގެ 4 ބޭފުޅުން ތިއްބަވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް