މަސްތުވާތަކެއްޗާއި އެކު މިލަންދޫއިން ދެމީހަކު ހައްޔަރުކޮށްފި!

Loading

Facebook
Twitter
WhatsApp
   ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ މާލެއިން މިލަންދޫއަށް އަންނަ ދެމީހަކު އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް އާއްމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. މިއޮޕަރޭޝަން ހިންގުމުގައި ފުލުހުންގެ އިންޓެލިޖަންސްއާއި އެއަތޮޅުގެ ފުލުހުން ބައިވެރިވެފައި ވެއެވެ.
    ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައި ވެއެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މިދެމީހުން ހައްޔަރުކުރީ އެރަށު ބަނދަރުމަތިންނެވެ. އެދެމީހުންގެ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތިހުރި ދެ ރަބަރު ޕެކެޓާއި  ބަނގުރާ ފުޅިއެއް ފެނިފައެވެ.
  މިމައްސަލައާއި ގުޅިގެން މިލަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އޭގެން އެކަކަށް 15 ދުވަސް، އަދި އަނެކަކަަށް 10 ދުވަހު، މިނިސްޓްރީ އޮފްހޯމް އެފެއަރޒް އިން ބަހައްޓާ ތަނެއްގައި ބަންދުގައި ބެހެެއްޓުމަށް މުއްދަތު ޖަހައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް