ފުލުހުންކަމަށް ހެދިގެން ތިބި ބަޔަކު މާލެއިން ތަނެއް ފޭރިއްޖެ!

Loading

Facebook
Twitter
WhatsApp

ފުލުހުން ކަމަށް ހެދިގެން ތިބިބަޔަކު މާލެއިން ގެސްޓްހައުސް އަކަށް ވަދެ އެތަނުން ބައެއް ތަކެތި ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހުން އެތަން ފޭރިފައިވަނީ ތަނުގެ މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށް ފަހުގައެވެ.

ފުލުހުންވަނީ މިމައުލޫމާތު ބައެއް މީޑިޔާތަކަށް ހިއްސާކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ފޭރުނު މީހުންތަށް ވަދެފައިވަނީ މަޖީދީ މަގުގައި ހުންނަ ފަރިވާ ސްޓޭ ނަމަކަށް ކިޔާ ގެސްޓްހައުސް އަކަށެވެ. އަދި އެމީހުންނަކީ ފުލުސް އިންޓެލިޖެންސް ބައެއް ކަމަށް ބުނެ އޮޅުވާލައިގެން އެމީހުންވަނީ އެތަނުން ބައެއް މުދާ ފޭރިގެންފައެވެ.

ފުލުހުންމިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާއިރު، މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ. ބޭންކް އޮފް ސިލޯން ކުރިމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނު ބަޔަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާދި ފަހުން ގެންގޮސްފައެވެ.

 

Loading

One Response

  1. ތިކަހަ ނުލަފާ މީހުން އަތްކަނޑަންވީނު. އޭރުން ޙުކުމް ހަމަވެގެން ދޫކޮށްލިޔަސް އެނގޭނެ އެހެރީ ބޮޑު ކާރިސާއެއް ހިންގާފަކަން. އެފަދަ މަދު ބަޔަކާހެދި މިކުޑަކުޑާ މާލޭގައި ނޫނީ ރަށްރަށުގައި ރައްޔަތުން ބިރުން ތިބެންޖެހެނީ ކީއްވެތޯއެވެ؟ ކޮބާ ސަރުކާރު؟ ސަރުކާރެއްގެ ބޭނުމަކީ ޖަރީމާ ހިންގިޔަނޫދެވޭވަރަށް ރައްޔަތުންނާއި ދައުލަތް ރައްކާތެރިކޮށްދިނުން ނޫންތޯއެވެ.؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް