ލޮނުޒިޔާރަތް ޕާކު ހުޅުވައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ތަރައްޤީ ކުރި ”ލޮނުޒިޔާރަތް ޕާކު“ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެނެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ތަރައްޤީ ކުރަން ފެށި މި ޕާކު ނުނިމި ލަސްވެގެން ދިޔައީ އެކި އެކި ސަބަބު ތަކާއި ހެދިއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައި އެޕާކުގެ މަސައްކަތް ކޮށް ވަނީ ނިންމަލައިފައެވެ. މާލޭ މޭޔަރ ޝިފާ މުޙައްމަދު މީގެ ކުރިން ވިދާޅުވީ އޭރު ޕާކު ނުހުޅުވި ލަސްވީ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެންނެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން އިއްޔެ އެޕާކު ހުޅުވައިދެއްވީ ދަޢުލަތަށް ގިނަ ދުވަހު، އަގުހުރި ޚިދްމަތް ތަކެއް ކޮށްދެއްވައިފައިވާ ޢުމަރު ޒާހިރެވެ. އަދި މިރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަތެވެ.

ލޮނުޒިޔާރަތް ޕާކު ތަރައްޤީކޮށް ފައިވަނީ ހިތްފަސޭހަ ކަމާއި އެކު ޢާންމުނަށް ހިތްހަމަ ޖައްސާލަން ތިބެވޭނެ ތަނެއްގެ ގޮތުގައެވެ.

ގަސްގިނަ ފެހި ތަނެއްގެ ގޮތުގައި ފެންނަ ޕާކުގ ޒީނަތްތެރި ކޮށްފައިވަނީ ގިނަ ޢަދަދެއްގެ ގަހާއި ވިނައިންނެވެ. މާލޭ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެފައިވަނީ ލޮނުޒިޔާރަތް ޕާކުގައި ކައިވެނީގެ ހަފްލާތަކާއި އަދި އެހެނިހެން ހަފްލާތައް ބޭއްވުމަށް ވެސް ފުރުޞަތު އޮންނާނެކަމަށެވެ.

ސިޓީކައުންސިލުން ވިދާޅުވެފައި ވަނީ ލޮނުޒިޔާރަތް ޕާކު ހުޅުވުމުން އެތަނަކީ ރާއްޖޭގެ އެންމެ ބޮޑު ޕާކަށް ވެގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް