އެއް ނަމްބަރު ފާލަން ކައިރީ މުދާ އަރުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނަން: ސިޓީ ކައުންސިލް

އިއްޒުއްދީން ފާލަން ނުވަތަ އެއް ނަންބަރު ފާލަން ކައިރީ އޮޑި ދޯނި ފަހަރު މުދާ އަރުވާ ބޭލުމަކީ މަނާ ކަމެއް ކަމަށާއި އެކަން ކުރާފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ މާލޭގައި މުދާ އަރުވާ ބާލަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެއްނަންބަރު ޖެޓީ، ރަސްމީ ޖެޓީ ކައިރީ މުދާ އަރުވާ ބޭލުމަކީ މަނާކަމެއްކަމަށެވެ. އެގޮތަށް ކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް […]

ރާއްޖެއިން އަލަށް ފެނުނު ކަނޑުލުގެ ބާވަތަށް ކިޔަނީ ”ކެލަވަކި“

ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ އަދި ވަރަށް މަދުން ފެންނަ ކަނޑުލުގެ އާއިލާއަށް ނިސްބަތްވާ ގަހެއްކަމުގައިވާ “ ބްރްގޭރާ ހެނެސީ“ ރާއްޖެއިން ފެނުމާއި ގުޅިގެން އެގަހަށް ދިވެހިން “ ކެލަވަކި“ގެ ނަމުން ނަންދީފިއެވެ. ރާއްޖެއިން ކެލަވަކި ފެނިފައިވާކަމަށް ރަސްމީ އިދާރާތަކުން ހާމަކުރީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް މާޗް މަހު ކެލާކަނޑޫފާ ސަރަހައްދުގައި ކުރި ދިރާސާއެއްގެ ތެރެއިން މި ގަސްތައް ފެނިގެންނެވެ. އެންވަޔަރަމެންޓަލް މިނިސްޓްރީން ބުނީ ކެލަވަކީގެ ހަތަރު ގަހެއް ފެނިފައިވާކަމަށެވެ. ކެލަވަކި […]

ބިދޭސީންނަށް ކޯޓާ ދޫކުރާ އުސޫލަށް ބަދަލެއްގެނެސްފި

ބިދޭސީ މަސަކަތު މީހުން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާ ދޫކުރާ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ. އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާއިރު ވަޒީފާ ދޭފަރާތުން ހަމަޖައްސާފައިވާ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާތަން (ވޯކް ސައިޓް) އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފައިވާ ވޯކްސައިޓް ޑިކްލެރޭޝަން ފޯމް ހުށަހެޅިދާނެކަމަށެވެ. ނޯޓަރީއަކުން ނޯޓަރައިޒް ނުކުރާކަމަށް ވާނަމަ ސިވިލް ކޯޓް އަދި […]

ތުޅާދޫން ހައުސިންޔުނިޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

ބ.ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކަށ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހައުސިންޔުނިޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އެރަށު ކައުންސިލުން އާންމުކޮށްފި އެވެ. ތުޅާދޫ ކައުންސިލުން ބުނީ މި  ހައުސިން ޔުނިޓްތަކަކީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ތުޅާދޫން ދޫކުރުމަށް ހަމަޖެއްސި 100 ހައުސިން ޔުނިޓްގެ ތެރެއިން 50 ހައުސިން ޔުނިޓްކަމަށެވެ. ކައުސިލުން ހާމަކުރެއްވި ގޮތުގައި އިއުލާންކުރި ދާއިމީ ލިސްޓަކީ ހައުސިން މިނިސްޓްރީން ހައުސިން ޔުނިޓްތައް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި ޝަރުތާއެއްގޮތުގެމަތިން ހައުސިން ޔުނިޓްތަކަށް އެދުނު […]

ކޯވިޑް19: އިއްޔެ އިތުރު 30 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 30 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 07 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 23 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 18 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 12 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,421 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 905 އެކްޓިވް ކޭސް ހިމެނޭއިރު، 39 […]

”އެލްކްލާސިކޯ“ގެ ޤަރުނަކަށް ވުރެން ދިގު ތާރީޚަށް އަވަސް ކަޅިއެއް!

ފުޓުބޯޅައަށް ލޯބި ކުރާ މީހެއް ނަމަ ”އެލް ކްލާސިކޯ“ އޭ ބުނެފިނަމަ އެއީ ކޯއްޗެއްކަން ނޭނގޭނެ މީހަކު ހަމަ ޔަގީނުންވެސް ވަރަށް މަދުވާނެއެވެ. ދުނިޔޭގެ ފުޓުބޯޅަައިގައި އެލްކްލާސިކޯ ނިސްބަތް ކުރެވެނީ، ކްލަބް ފުޓުބޯޅައިގެ ގަދަ ދެބާރު ކަމުގައިވާ ބާސެލޯނާ އާއި ރިއާލް މެޑްރިޑްގެ ކުރިމަތިލުން ތަކަށެވެ. މިއީ އެލްކްލާސިކޯ ފެށުނީއްސުރެން މިއަދާއި ހަމަޔަށްވެސް ކޮންމެ އަހަރަކުވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މެޗަށް ހަމަ ގައިމުވެސް ވާނެއެވެ. ”އެލްކްލާސިކޯ“ މި ނަން ފުރަތަމަ ބޭނުން ކުރަން […]

  އެލްކްލާސިކޯ- މިފަހަރު ކާމިޔާބުކުރީ މެޑްރިޑުން!

ރޭ ލަލީގައި އެފްސީ ބާސެލޯނާއާއި ރިއާލް މެޑްރިޑް ބައްދަލުކުރި މެޗް 3-1ގެ ނަތީޖާއިން މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ. މިމެޗުގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅުގައި ވަނީ ގޯލްތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗް ފެށިގެން 5 ވަނަ މިނިޓުގައި ގޯލް ހުޅުވާލަދިނީ ރިއާލްގެ ފެޑެ ވަލްވާޑޭ އެވެ. އެއަށް ފަހު ރިއާލްއަށް ހަމަ ޖެހިލާނެ ފުރުސަތެއް ނުދީ މެޗްގެ 8 ވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން އަދި އުއްމީދީ ފޯވަރޑް އަންސުފަޓީ ވަނީ ގޯލެއް ކާމިޔާބު ކޮށްދީ […]

އޮއްސިދިއުމުގެ ކުރިން އަގު ވަޒަން ކުރާށެވެ.

ކޮންމެ ދިރުންހުރި އެއްޗެއްގެ ޙަޔާތް ބިނާވެގެންވަނީ ވަގުތުގެމައްޗަށް ކަމަށްވާތީ ވަގުތަކީ އަގުނުކުރެވޭފަދަ އަގުބޮޑު ޖަވާހިރެއްފަދަ އެއްޗެކެވެ. މިއުޑު ހިޔާދަށުގައިވާ އެއްވެސް މަޚްލޫޤަކަށް މާޒީ އިޢާދަ ނުކުރެވޭނެއެވެ. ވީމާ މި އަގުހުރި ވަގުތު އެންމެއަގު ހުރިގޮތުގައި އަދި އެންމެ ހެޔޮގޮތުގައި ވޭތު ކުރެވޭނީ ޙަޔާތުގެ ހުރިހައި މަޤާމެއްގައި ﷲ ހަނދުމަކުރުމުން ކަން ހަނދާނުން ކައްސާލަދީގެން ނުވާނެއެވެ. މަޙުލޫޤުންނާމެދު މުޢާމަލާތުކުރުމުގައި ގޯސްކޮށް، ނޭދެވޭގޮތުގާ މުޢާމަލާތު ނުކުރުމަކީވެސް އެބައިމީހުންނާމެދު ރަނގަޅަށް ކުރެވޭ ކަންތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަންކަމެވެ. خَالِقُ ވަންތަ އިލާހު […]

ތުރުކީގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލަި، ސައޫދީ އަރަބިއްޔާއިން ތުރުކީގެ އިގުތިސާދަށް ހަމަލާދެނީ

ބުނެވޭގޮތުގައި ސައޫދީ ޢަރަބިއްޔާ އުފެއްދީ އުސްމާނީ ދައުލަތާއި ދެކޮޅަށް ހަނގުރާމަކުރި އިގިރޭސީންނަށް ތާއީދުކުރި ބައެކެވެ. މިއީ ވަރަށް ފަހަކާއި ޖެހެންދެން ގިނަ މުސްލިމުންނަށް ނޭނގޭ ތާރީޚީ ކަމެކެވެ. މިއަދު ތުރުކީއަށް ސަޢޫދީން ކުރާ ނަފްރަތުވަނީ ރޭގަނޑާއި ދުވާލު ވަކިވާ ފަދައިން އެނގި ސާފު ވެފައެވެ.  މުސްލިމު އުއްމަތުގެ ގިނަ މީހުން ޚާއްސަކޮށް އޭޝިއާއާއި އެފްރިކާ ބައްރުގައި ދިރިއުޅޭ މުސްލިމުންނާއި ޢަރަބި ގައުމުތަކުގެ އާދައިގެ ގިނަ މީހުން ދެކެނީ ތުރުކީ އަކީ މުސްލިމް އުއްމަތް ލީޑުކުރާ ގައުމު ކަމުގައެވެ. […]

ކޯވިޑް19: އިއްޔެ އިތުރު 33 މީހަކު ބައްޔަށް ފައްސިވެއްޖެ!

   ރާއްޖެއިން ކޯވިޑް19 އަށް އިތުރު 33 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 09 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 24 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.     އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 13 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.     އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,391 އަށް އަރައިފައެވެ. އޭގެ ތެރޭގައި، […]