ބިދޭސީންނަށް ކޯޓާ ދޫކުރާ އުސޫލަށް ބަދަލެއްގެނެސްފި

Loading

Facebook
Twitter
WhatsApp

ބިދޭސީ މަސަކަތު މީހުން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާ ދޫކުރާ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާއިރު ވަޒީފާ ދޭފަރާތުން ހަމަޖައްސާފައިވާ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާތަން (ވޯކް ސައިޓް) އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފައިވާ ވޯކްސައިޓް ޑިކްލެރޭޝަން ފޯމް ހުށަހެޅިދާނެކަމަށެވެ.

ނޯޓަރީއަކުން ނޯޓަރައިޒް ނުކުރާކަމަށް ވާނަމަ ސިވިލް ކޯޓް އަދި މެޖިސްޓްރޭޓްކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ވޯކްސައިޓް ޑިކްލަރޭޝަންފޯމްފުރިހަމަކޮށް ހުށަހަޅޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގައި އެދެވޭ ރަގަޅު އުސޫލުތަކެއް ގާއިމުކުރުމަށް އިކޮނޮމިކްމިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބިދޭސީންނަށް ކޯޓާދޫކުރުމުގެ ކަންކަމުގައިވެސް ޕޯޓަލް މެދުވެރިކޮށް އިޝޫކުރުން ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް