ރާއްޖެއިން އަލަށް ފެނުނު ކަނޑުލުގެ ބާވަތަށް ކިޔަނީ "ކެލަވަކި"

Loading

Facebook
Twitter
WhatsApp

ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ އަދި ވަރަށް މަދުން ފެންނަ ކަނޑުލުގެ އާއިލާއަށް ނިސްބަތްވާ ގަހެއްކަމުގައިވާ “ ބްރްގޭރާ ހެނެސީ“ ރާއްޖެއިން ފެނުމާއި ގުޅިގެން އެގަހަށް ދިވެހިން “ ކެލަވަކި“ގެ ނަމުން ނަންދީފިއެވެ.

ރާއްޖެއިން ކެލަވަކި ފެނިފައިވާކަމަށް ރަސްމީ އިދާރާތަކުން ހާމަކުރީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް މާޗް މަހު ކެލާކަނޑޫފާ ސަރަހައްދުގައި ކުރި ދިރާސާއެއްގެ ތެރެއިން މި ގަސްތައް ފެނިގެންނެވެ.

އެންވަޔަރަމެންޓަލް މިނިސްޓްރީން ބުނީ ކެލަވަކީގެ ހަތަރު ގަހެއް ފެނިފައިވާކަމަށެވެ.

ކެލަވަކި މިގަހަށް ކިޔާފައިވަނީ މިބާވަތުގެ އެހެންގަސްގަހަށް ދެވިފައިވާ ނަންނަމާއި މިބާވަތް ފުރަތަމަ ފަހަރަށް ޔަގީން ކުރެވުނު ހއ. ކެލާ އަށް ނިސްބަތްކޮށް ކަމަށް ވެސް އެންވަޔަމެންޓަލް މިނިސްޓްރީން ހާމަކުރެއެވެ.

އެ މިނިސްޓްރީން ފާހަގަ ކުރާގޮތުގައި ކެލާ އިން މިބާވަތުގެ ގަސް ފެނުމަކީ އެ ރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށެވެ.

މީގެކުރިން ކޮށްފައިވާ ސާރވޭތަކުން ދައްކާގޮތުން މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާ ހަމައަށް ހުރީ ކެލަވަކި ގަހުގެ ފޯދިފައިވާ އެންމެ 200 ގަހެވެ.

ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން 14 ބާވަތެއްގެކަނޑޫފާ ގަސް ރެކޯޑް ކުރެވިފައިވެއެވެ. އަލަށް މި ފެނުނު ބާވަތާއެކު ރާއްޖެއިން މުޅި އެކު 15 ބާވަތުގެ ކަނޑޫފާ ގަސް މިހާރުވަނީ ފެނިފައެވެ.

ކެލަވަކި ކެލާއިން ފެނުނުކަމަށް ރަސްމީކޮށް އެގުނު ނަމަވެސް ތުންތުންމަތީން މި ބާވަތްތައް ރާއްޖޭގެ އެކިސަރހައްދުގައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް