ތުޅާދޫން ހައުސިންޔުނިޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ބ.ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކަށ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހައުސިންޔުނިޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އެރަށު ކައުންސިލުން އާންމުކޮށްފި އެވެ.

ތުޅާދޫ ކައުންސިލުން ބުނީ މި  ހައުސިން ޔުނިޓްތަކަކީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ތުޅާދޫން ދޫކުރުމަށް ހަމަޖެއްސި 100 ހައުސިން ޔުނިޓްގެ ތެރެއިން 50 ހައުސިން ޔުނިޓްކަމަށެވެ.

ކައުސިލުން ހާމަކުރެއްވި ގޮތުގައި އިއުލާންކުރި ދާއިމީ ލިސްޓަކީ ހައުސިން މިނިސްޓްރީން ހައުސިން ޔުނިޓްތައް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި ޝަރުތާއެއްގޮތުގެމަތިން ހައުސިން ޔުނިޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތައް ފައިނަލްކޮށް ހަދާފައިވާ ލިސްޓެކެވެ.

ރާއްޖެއަށް ދިމޭވެފައިވާ ބޯހިޔަވަހިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަ އަދަދެއްގެ ފްލެޓް އަދި ހައުސިން ޔުނިޓްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ އިމާރާތްކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް