އެލްކްލާސިކޯ- މިފަހަރު ކާމިޔާބުކުރީ މެޑްރިޑުން!

Loading

Facebook
Twitter
WhatsApp
ރޭ ލަލީގައި އެފްސީ ބާސެލޯނާއާއި ރިއާލް މެޑްރިޑް ބައްދަލުކުރި މެޗް 3-1ގެ ނަތީޖާއިން މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅުގައި ވަނީ ގޯލްތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗް ފެށިގެން 5 ވަނަ މިނިޓުގައި ގޯލް ހުޅުވާލަދިނީ ރިއާލްގެ ފެޑެ ވަލްވާޑޭ އެވެ. އެއަށް ފަހު ރިއާލްއަށް ހަމަ ޖެހިލާނެ ފުރުސަތެއް ނުދީ މެޗްގެ 8 ވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން އަދި އުއްމީދީ ފޯވަރޑް އަންސުފަޓީ ވަނީ ގޯލެއް ކާމިޔާބު ކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފްގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަނަމަވެސް ހާފް ނިމުނީ ދެޓީމް 1-1 އަކުން އެއްވަރުވެފައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ރިއާލްގެ ތަޖުރިބާކާރު ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ގޯލެއް ކާމިޔާބު ކޮށްދީ ރިއާލްއަށް އަލުން ލީޑް ނަގައިދީފައެވެ. އެއަށްފަހު ބާސާއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. މެޗްގެ ފުރިހަމަ ވަޤުތު ހަމަވާން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް 90 ވަނަ މިނިޓުގައި ރިއާލުންވަނީ ލީޑް ފުޅާ ކޮށްފައެވެ. މިގޯލް ރިއާލްއަށް ކާމިޔާބު ކޮަށްދިނީ ލޫކަ މޮޑްރިޗެވެ. މިގޯލާއި އެކު މެޗް ނިމުނީ 3-1 ގެ ނަތީޖާއިން ރިއާލް ކާމިޔާބު ކޮށްގެންނެވެ.
ރިއާލް އާއި ބާސާގެ ކުރިމަތިލުންތަކަކީ، އެލްކްލާސިކޯގެ ނަމުން މަޝްހޫރު، ގިނަ ބައެއް އެ މެޗަކަށް އަބަދުވެސް އިންތިޒާރުކުރާ ވާދަވެރި މެޗެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް