އެއް ނަމްބަރު ފާލަން ކައިރީ މުދާ އަރުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނަން: ސިޓީ ކައުންސިލް

Loading

Facebook
Twitter
WhatsApp

އިއްޒުއްދީން ފާލަން ނުވަތަ އެއް ނަންބަރު ފާލަން ކައިރީ އޮޑި ދޯނި ފަހަރު މުދާ އަރުވާ ބޭލުމަކީ މަނާ ކަމެއް ކަމަށާއި އެކަން ކުރާފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ މާލޭގައި މުދާ އަރުވާ ބާލަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެއްނަންބަރު ޖެޓީ، ރަސްމީ ޖެޓީ ކައިރީ މުދާ އަރުވާ ބޭލުމަކީ މަނާކަމެއްކަމަށެވެ.

އެގޮތަށް ކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

އޮޑިދޯނި ފަހަރަށް މުދާ އަރުވައި ބޭލުމަށް ސިޓީ ކައުންސިލުން ޚާއްސަ ކޮށްފައިވާ ސަރަހައްދު ތަކަކީ:

އަތޮޅުތަކުން މާލެ އަންނަ އުޅަނދު ފަހަރަށް – މާލޭ ނޯތު ހާބަރާއި ޓީޖެޓީ ސަރަހައްދު

އަތޮޅުތަކުން މާލެ އަންނަ ސްޕީޑް ލޯންޗްފަހަރަށް – މާލޭ އެއްނަނަބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)

މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރަށް – ހުޅުމާލޭ ބަނދަރު

ރިސޯޓްތަކުން މާލެ އަންނަ ސްޕީޑްލޯންޗްތަކަށް – މާލޭ ފަސް ނަންބަރު އަދި ހަ ނަންބަރު ޖެޓީ ( ބޭންކް އޮފް ސިލޯން ކުރިމަތި)

މާލޭ ސިޓީ ކައުންސިލުންވަނީ އެއް ނަންބަރު ފާލަން ސަރަހައްދުގައި މުދާ އަރުވާ ބޭލުމަކީ މަނާކަމެއްކަމަށް އަންގައިދޭ ބޯޑެއް ވެސް ބަހައްޓާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް