އޮޑިޓް އޮފީހަށް 80 މިލިއަން ރުފިޔާގެ ބޮޑު ބަޖެއްޓެއް ކަނޑައަޅައިފި
އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނައަހަރުގެ ބަޖެއްޓަކަށް 80.7 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ފާސްކޮށްފި އެވެ. އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ޚަރަދުތައް ލަފާކޮށް އެ އޮފީހުން ހުށަހެޅީ 104.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ފާސްކުރީ 23 މިލިޔަންރުފިޔާ އުނިކޮށްފައެވެ. އޮޑިޓް އޮފީހަށް ކަޑައެޅިމި ބަޖެޓަކީ މި އަހަރަށް ކަނޑަ އަޅާފައިވާ ބަޖެޓަށްވުރެ 33.8 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. އެ […]
ބްރޯޑްކޮމްގެ މެންބަރުކަމުން ޒީނާ އިސްތިއުފާ ދެއްވައިފި
ބްރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) ގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި އެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ އެމަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ. މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޒީނާ ފޮނުވި ސިޓީގައި ވިދާޅުފައިވަނީ އޭނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލައި އޭނާ މަގާމުން ވަކިކުރަން ތަޅުމަށް ފޮނުވާފައިވަނީ އިންސާފުން ކަމަށް ގަބޫލް ނުކުރާކަމަށެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ […]
އެފްސީ ބާސެލޯނާގެ ރައީސް ބާޓެމޮއު މަޤާމުން އިސްތިއުފާ ދީފި!
ބާސެލޯނާގެ ރައީސްކަމުގެ މަޤާމުން ޖޯސެފް މާރިއާ ބާޓެމޮއު އިސްތިއުފާދީ އެކަން އިއުލާނު ކޮށްފިއެވެ. އޭނާއާއިއެކު ކްލަބްގެ ބޯޑުގެ މެންބަރުންވެސް ވަނީ މަޤާމުތަކުން އިސްތިއުފާ ދީފައެވެ. އޭނާ މަޤާމުން އިސްތިއުފާ ދީފައި މިވަނީ އޭނާއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައި ވަނިކޮށެވެ. ބާޓެމޮއުގެ އިސްތިއުފާއަށް ގޮވާލާ ސަޕޯޓަރުން ޕްރެޝަރު ކުރަން ފެށީ 8-2 އަކުން ބަޔާން އަތުން ބާސާ ބަލިވި މެޗަށް ފަހުގައެވެ. އެމެޗަށް ފަހު މެސީ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް ކްލަބުން އޭނާ ދޫނުކޮށް […]
ކޯވިޑް19: އިއްޔެ އިތުރު 35 މީހަކު ބައްޔަށް ފައްސިވެއްޖެ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 35 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 26 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 9 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 24 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 11 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,567 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 871 އެކްޓިވް ކޭސް ހިމެނޭއިރު، 47 […]
އިންސާނާ ހެއްދެވުމުގައި ހަށިގަނޑުގައި ލައްވާފައިވާ ބައެއް ގުނަވަނާ އަދި ބައެއް ތަންތަނާމެދު ކޮންމެ އިންސާނަކު ފަރުވާތެރިވާން އަންގަވައިފައިވާ ކަންތައްތައް
ޚިޞާލުލް ފިޠުރަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ހެއްދެވުމުގައި އޭނާގެ ހަށިގަނޑުގައި ލައްވާފައިވާ ބައެއް ގުނަވަނާ އަދި ބައެއް ތަންތަނާމެދު ކޮންމެ އިންސާނަކު ފަރުވާތެރިވާން އަންގަވާފައިވާ ކަންކަމެވެ. އެއީ ފިޠުރަތީ އަދި ޠަބީޢީ ކަންކަމެވެ. އަދި އެކަންތައްތަކަކީ މާތްﷲ ބާވައިލެއްވި ހުރިހާ ދީނެއްގައިވެސް އެކިވަރުވަރަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކެއް ކަމުގައި އެތައްގޮތަކުން އެނގެން އެބަހުއްޓެވެ. އަދި މީގެ އިތުރަށް މުސްލިމުންނަށް ވާޖިބުވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމަށް އަމުރުކުރައްވާފައިވާތީ އެކަލޭގެފާނަށް އީމާންވެ އަދި ތަބާވުމުގެ ގޮތުން އެކަންތައްތައް […]
އެމެރިކާއިން އެހީތެރިވެދީގެން ގެނައި ބަޣާވާތަށް އެއް އަހަރު ފުރުނު ފަހުން، މޮރޭލްސް ގެ ޕާޓީ އަނބުރާ ވެރިކަމަށް ގެނައުމަށް ބޮލީވިއާގެ ރައްޔިތުން ވޯޓުދީފި.
މިދިޔަ އަހަރު އޮކްޓޯބަރުގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ރައީސްކަމަށް ހޮވިވަޑައިގަތީ ތިންދައުރުގައި ރައީސްކަން ކުރެއްވި އީވޯ މޮރޭލްސްއެވެ. ހޮވުނުކަން އިއުލާންކުރިތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާއި ސިފައިންގެ ފަރާތުން އައި އިންޒާރުތަކާއެކު ފިއްލަވަން މެކުސިކޯއަށް ވަޑައިގަންނަވަން މޮރޭލްސަށް މަޖުބޫރުވެ ވަޑައިގަތެވެ. ފުރުސަތު ލިބިވަޑައިގަތްނަމަ މީ މޮރޭލްސް ރައީސްކަން ކުރައްވާނެ ހަތަރުވަނަ ދައުރެވެ. އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއެކު ރައީސްގެ މަގާމަށް ގެނައީ ބަޣާވާތްކުރި، އިންތިޚާބުނުވާ ކަނާތުފިޔާގެ ޖީނީ އެނޭޒް ކިޔާ މީހެކެވެ. ”އިންތިގާލީ ރައީސް“ ކަމަށް އަމިއްލައަށް […]
ބްރިޖް ހިމެނޭހެން މާލެސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ
ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގު ހިމެނޭހެން މާލޭ ސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފި އެވެ. ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ފަރިތަކުރުން ތަކަކާއި ގުޅިގެން މިއަދާއި މާދަމާގެ މެންދުރުފަހު އެކަކުން ފެށިގެން ފަރިތަކުރުން ތައް ނިމެންދެން އެ ސަރަހައްދުތައް އެކި ވަގުތުތަކުގައި ބަންދު ކުރަމުން ގެންދާނެ ކަމަށެވެ. މި ފަރިތަކުރުންތަކާއި ގުޅިގެން ބަންދުކުރުމަށް ހަމަޖައްސާފައިވަނީ ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގުގެ އިތުރުން ބޮޑުތަކުރުފާނުމަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯންގެ […]
ކޯވިޑް19: އިއްޔެ އިތުރު 84 މީހަކު ބައްޔަށް ފައްސިވެއްޖެ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 84 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 54 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 30 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 26 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 58 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,505 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 937 އެކްޓިވް ކޭސް ހިމެނޭއިރު، 37 […]
ޒިޔާދާގެ މަރުގެ މައްސަލައިގައި ހުކުމް ކޮށްފައިވާ ޝާހު ނިޔާވެއްޖެ!
ޖިންސީ ގޯނާ ލިބިގެން ނިޔާވި ޒިޔާދާ ނައީމުގެ މަރުގެ މައްސަލައިގައި ހުކުމް ކުރި އޭނަގެ ފިރިމީހާ އިބްރާހިމް ޝާހް އިއްޔެ މަރުވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ މަރުވެފައިވަނީ މަހަށް ގޮސް އުޅުމުގެ ތެރޭގައި އޭނާގެ މޭމަތީގައި މަހަކުން ޖެހިގެންނެވެ. އެ އަނިޔާއާއި ގުޅިގެން އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ ކަމަށްވެސް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ޒިޔާދާގެ މަރުގެ މައްސަލައިގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް، ޝާހުގެ މައްޗައް އިއްވައިފާ ވެއެވެ. މިޙުކުމް އިއްވީ މިމަހުގެ […]
ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ 63 މީހަކު ކޯވިޑަށް ފައްސިވެއްޖެ!
ރާއްޖޭގައި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތްކުރަމުން އަންނަ ގިނަ އަދަދެއްގެ ބަޔަކު ކޯވިޑް19 އަށް ފައްސިވެެއްޖެއެވެ. ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައި ވާގޮތުގައި ކޮވިޑަށް ފައްސިވެފައިވަނީ ރ.އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ކުޑަކުރަތުގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެކެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި އެރަށުން މިހާތަނަށް 89 ސުންކު ނަގާފައިވެއެވެ. އޭގެ ތެރެއިން 52 މީހަކު މިއަދު ފައްސިވެފައި ވާއިރު، ދެން ތިބި 11 މީހުން ފައްސިވެފައި ވަނީ މި މަހުގެ 21 […]