ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ 63 މީހަކު ކޯވިޑަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތްކުރަމުން އަންނަ ގިނަ އަދަދެއްގެ ބަޔަކު ކޯވިޑް19 އަށް ފައްސިވެެއްޖެއެވެ. ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައި ވާގޮތުގައި ކޮވިޑަށް ފައްސިވެފައިވަނީ ރ.އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ކުޑަކުރަތުގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެކެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި އެރަށުން މިހާތަނަށް 89 ސުންކު ނަގާފައިވެއެވެ. އޭގެ ތެރެއިން 52 މީހަކު މިއަދު ފައްސިވެފައި ވާއިރު، ދެން ތިބި 11 މީހުން ފައްސިވެފައި ވަނީ މި މަހުގެ 21 އަދި 23 ގައެވެ.

އެރަށުން ގިނަބަޔަކު ފައްސިވުމާއި ގުޅިގެން އިއްޔެ ކޯވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދުވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިގޮތުން އިއްޔެ 84 މީހުން ފައްސިވެފައި ވާއިރު، މިއީ ފަހަކަށް އައިސް އެންމެ ގިނައިން ބައްޔަށް މީހުން ފައްސިވީ އެއް ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް