އޮޑިޓް އޮފީހަށް 80 މިލިއަން ރުފިޔާގެ ބޮޑު ބަޖެއްޓެއް ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނައަހަރުގެ ބަޖެއްޓަކަށް 80.7 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ފާސްކޮށްފި އެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ޚަރަދުތައް ލަފާކޮށް އެ އޮފީހުން ހުށަހެޅީ 104.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ފާސްކުރީ 23 މިލިޔަންރުފިޔާ އުނިކޮށްފައެވެ.

އޮޑިޓް އޮފީހަށް ކަޑައެޅިމި ބަޖެޓަކީ މި އަހަރަށް ކަނޑަ އަޅާފައިވާ ބަޖެޓަށްވުރެ 33.8 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. އެ އޮފީހަށް މިއަހަރުގެ ބަޖެޓަކީ 47.0 މިލިއަން ރުފިޔާ އެވެ.

މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓް ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައި ނުވެއެވެ.

ރިޕޯޓްގައިވާގޮތުން އެ އޮޑިޓް އޮފީހުގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 56.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައި ވެއެވެ. އަދި މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 25 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް