ޒިޔާދާގެ މަރުގެ މައްސަލައިގައި ހުކުމް ކޮށްފައިވާ ޝާހު ނިޔާވެއްޖެ!

Loading

Facebook
Twitter
WhatsApp

ޖިންސީ ގޯނާ ލިބިގެން ނިޔާވި ޒިޔާދާ ނައީމުގެ މަރުގެ މައްސަލައިގައި ހުކުމް ކުރި އޭނަގެ ފިރިމީހާ އިބްރާހިމް ޝާހް އިއްޔެ މަރުވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ މަރުވެފައިވަނީ މަހަށް ގޮސް އުޅުމުގެ ތެރޭގައި އޭނާގެ މޭމަތީގައި މަހަކުން ޖެހިގެންނެވެ. އެ އަނިޔާއާއި ގުޅިގެން އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ ކަމަށްވެސް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް، ޝާހުގެ މައްޗައް އިއްވައިފާ ވެއެވެ. މިޙުކުމް އިއްވީ މިމަހުގެ އެއްވަނަ ދުވަހެވެ. އޭނާއަށް އިއްވި ހުކުމާއި އެކުވެސް އޭނާ މިނިވަންވީ ކުރިން ހަތަރު އަހަރު ޖަލުގައި ހުރީމައި ކަމަށް ވެއެވެ.

ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ ހާދިސާ ތަކުގައި ނިޔާވާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. މިގޮތުން މަސްވެރިކަމުގައި އުޅުމުގެ ތެރޭގައި އެކިވަރުގެ އަނިޔާވެގެން އެތައް ބަޔަކު ނިޔާވެފައި ވެއެވެ. އެންމެ ގިނައިން މިފަދަ ހާދިސާތައް ދިމާވެފައިވަނީ ”ސްކޫބާ ޑައިވް“ ކޮށްގެން އެން ހޯދަން ފީނާ މީހުންނަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް