އެފްސީ ބާސެލޯނާގެ ރައީސް ބާޓެމޮއު މަޤާމުން އިސްތިއުފާ ދީފި!

Loading

Facebook
Twitter
WhatsApp

ބާސެލޯނާގެ ރައީސްކަމުގެ މަޤާމުން ޖޯސެފް މާރިއާ ބާޓެމޮއު އިސްތިއުފާދީ އެކަން އިއުލާނު ކޮށްފިއެވެ. އޭނާއާއިއެކު ކްލަބްގެ ބޯޑުގެ މެންބަރުންވެސް ވަނީ މަޤާމުތަކުން އިސްތިއުފާ ދީފައެވެ. އޭނާ މަޤާމުން އިސްތިއުފާ ދީފައި މިވަނީ އޭނާއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

ބާޓެމޮއުގެ އިސްތިއުފާއަށް ގޮވާލާ ސަޕޯޓަރުން ޕްރެޝަރު ކުރަން ފެށީ 8-2 އަކުން ބަޔާން އަތުން ބާސާ ބަލިވި މެޗަށް ފަހުގައެވެ. އެމެޗަށް ފަހު މެސީ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް ކްލަބުން އޭނާ ދޫނުކޮށް ހިފަހަށްޓަން މަސައްކަތްކުރުމުން އިތުރަށް ކްލަބުގައި މަޑުކުރަން އޭނާ ނިންމިއެވެ.

ބާޓެމޮއު އިސްތިއުފާ ދިން އިރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އަންނަ ހަފްތާގައި ބޯޑަށް ހުށަހެޅުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި މީގެ ކުރިންވެސް އޭނާގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއްގައި 20،000 އަށް ވުރެން ގިނަ ސަޕޯޓަރުންވަނީ ސޮއި ކޮށްފައެވެ. ނަމަވެސް ބާޓެމޮއު ގެ ނުފޫޒާއި އެކު ވޯޓަކަށް ދިއުމަށް ޓީމުގެ ބޯޑުންވަނީ ފެއިލްވެފައެވެ.

ބާޓެމޮއު އިސްތިއުފާ ދިނުމުގެ އެއް ދުވަސް ކުރިންވެސް އޭނާވަނީ އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތްކަމަށް ބުނެ ވާހަކަ ދައްކައިފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދީފައި މިވަނީ އިތުރު ގޮތެއް ނެތްކަމަށް ޤަބޫލުކުރެވުމުންނެވެ.

ބާޓެމޮއު ބާސާގެ ބޯޑުގައި މަސައްކަތް ކުރަން ފެށީ 2003 ވަނަ އަހަރުއެވެ. ބާޓެމޮއު ވަނީ ކްލަބުގެ ނައިބު ރައީސްކަމުގެ މަޤާމްވެސް އަދާކޮށްފައެވެ. އޭނާ ރައީސްކަމާ ހަވާލުވީ 2014 ވަނަ އަހަރުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް