ބްރޯޑްކޮމްގެ މެންބަރުކަމުން ޒީނާ އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ބްރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) ގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި އެވެ.

ޒީނާ އިސްތިއުފާ ދެއްވީ އޭނާ އެމަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޒީނާ ފޮނުވި ސިޓީގައި ވިދާޅުފައިވަނީ އޭނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލައި އޭނާ މަގާމުން ވަކިކުރަން ތަޅުމަށް ފޮނުވާފައިވަނީ އިންސާފުން ކަމަށް ގަބޫލް ނުކުރާކަމަށެވެ.

އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ ޒިންމާދާރުކަމާ އެކުކަމަށާ އޭނާއާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މަށްޗަށް ކޮށްފައިވާ ތުހުމަތުތަކެއްކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވެސް ޒީނާގެ ސިޓީގައި ވެއެވެ.

ޒީނާ މަގާމުން ވަކިކުރަން ނިންމީ އޭނާއާމެދު ގިނަ ތުހުމަތުތަކެއް ކޮށެއެވެ.

ޒީނާ އާއި މެދު ކޮމިޓީން ބައްލަވާފައިވާ މައްސަލަތަކުގެ ތެރޭގައި އެފަދަ މަގާމެއްގައި ހުރެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ބްރޯޑްކޮމްއިން  ނިންމަންޖެހޭ މައްސަލަތައް ވަކި ސިޔާސީނުފޫޒެއްގެ ތެރެއިން ނިންމުމާއި އިންސާފުން އެއްކިބާވެ މަސައްކަތް ކުރުން ހިމެނެއެވެ.

ޒިނާ އިސްތިއުފާ ދެއްވިއިރު އޭނާގެ ދައުރު ހަމަވާން ބާކީއޮތީ ފަސް މަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް