ރޮނާލްޑޯގެ ދެގޯލާއިއެކު ޖުވެންޓަސްއަށް ޕޮއިންޓެއް!
އިޓަލީގެ ސީރީއޭ ލީގުގައި ރޭ ޖުވެންޓަސްއާއި ރޯމާ ބައްދަލުކުރި މެޗް 2-2 ގެ ނަތީޖާއަކުން ހަމަ ހަމަވެއްޖެއެވެ. މެޗްގެ ފުރަތަމަ ހާފް ފެށިގެން ކުރިޔަށް ދިޔައިރު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަ ހަމަ ކުޅުމެކެވެ. ދެޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. މިމެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑްނެގީ ރޯމާއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖ.ވެރެޓައުޓްއެވެ. ރޯމާގެ ގޯލަށްފަހު ޖުވެންޓަސްއިން ކުޅުން ރަނގަޅުކޮށް ގޯލަށް ނުރައްކާ […]
އާ ސަރުކާރެއް އުފެއްދުމަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށް މެލޭޝިއާގެ އިނދިކޮޅު ލީޑަރު އަންވަރު ވިދާޅުވެއްޖެ
މިހާރުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ބޮޑުވަޒީރު ކަމުން ވަކިކޮށް އާ ބޮޑުވަޒީރެއް އައްޔަނުކުރުމަށް ރަސްގެފާނުގެ ރުހުން ބޭނުންވާ މިހާރުގެ އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، އޭނާއަށް މިވަގުތު ތާއީދުކުރާ މަޖްލިސްގެ މެންބަރުންގެ އަދަދު އިތުރުވެފައިވުމުން މުހުޔއްދީންގެ ބޮޑުވަޒީރުކަންވަނީ ނިމިފައެވެ. މެލޭޝިއާގެ އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ވިދާޅުވިގޮތުގައި އާ ސަރުކާރެއް އުފެއްދުމަށް ގާނޫނުހަދާ މަޖްލިސްގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރައްވަނީ އޭނާ ބޮޑުވަޒީރުކަމަށް ރަސްމީކޮށް އައްޔަންކުރުމަށް ރަސްގެފާނަށް […]
ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ -2
ކުރީގެ ޢަދަދާއި ގުޅޭ …. http://sandhaanu.today/3145/ ވެރިކަމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ތަރަފުގެ ދިރިއުޅުން ދެމެހެއްޓުމެވެ. މީގެ އިތުރުން، އިޖުތިމާއީ އެތައް ބަލިތަކެއް ވެސް އޮތީ ފެތުރިފައެވެ. ސަރުކާރުގެ އިދާރާތަކުގައި ރިޝްވަތާއި ފަސާދަ އޮތީ އަށަގެންފައެވެ. ތަނުގެ ޝަރުއީ ނިޒާމު އޮތީ ހަލާކުވެފައެވެ. ގާޒީންނަށް ރިޝްވަތު ދީގެން މައްސަލައްތައް ނިންމުމުގެ ފަސާދައެވެ. ގާތް ތިމާގެ މީހުން ކުށްކުރުމުން ކުށްވެރިނުވުމުގެ ފަސާދައެވެ. މަސްތުވާތަކެތީގެ ވަބާ ވެސް އޮތީ އާންމު ވެފައެވެ. ގާތްތިމާގެ ކަމާއި ރައްޓެހިކަމުގެ ތަރާދުން ކިރައި […]
ޓުއަރިޒަމް ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
މިއަދު ފާހަގަކުރެވެމުންދާ ޓުއަރިޒަމް ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ ޓްވީޓެއް މެދުވެރި ކުރައްވައެވެ. އެޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށާއި ކުރިއެރުމަށް މަސައްކަތްކުރާ ހުރިހާ ޖަމްއިއްޔާތަކަށާއި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެހެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ކޮވިޑް19 އާއެކު ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ މި ދަނޑިވަޅުގައި ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކަށް މަރުހަބާ ކަމަށެވެ. […]
ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދަށް ކޮރަޕްޝަންގެ ދަޢުވާ ކޮށްފި
ޑރ ޒިޔާދަށް ކޮރަޕްޝަންގެ ދަޢުވާ ކޮށްފައިމިވަނީ ކުރީގެ ސަރުކާރުގައި ޑރ ޒިޔާދު އިސްލާމިކް މިނިސްޓަރ އަކަށް ހުންނެވިއިރު ޒިކުރާ މިސްކިތް 10ބުރިއަށް އިމާރާތް ކުރުމަށް އެސްޖޭ ކުންފުންޏާއި ހަވާލު ކުރިއިރު އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދީ ދައުލަތަށް މާލީ ގެއްލުން ދިންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުޤީޤަށް ހާމަވެ ޑރ ޒިޔާދާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޑރ ޒިޔާދުގެ މައްޗަށް މިއަދު ދަޢުވާ އުފުލައިފައިވަނީ […]
ކޯވިޑް19: އިއްޔެ ފައްސިވީ 31 މީހުން!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 31 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 26 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 25 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 6 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ […]
އިނގިރޭސިވިލާތުގައި ކޯވިޑް ފެތުރޭ މިންވަރު ހަފްތާއެއްގެ ތެރޭގައި %60 މައްޗައް!
އިނގިރޭސި ވިލާތުގައި ކޯވިޑް19 ފެތުރޭ މިންވަރު މިހަފްތާގެ ތެރޭގައި %60 މައްޗައް ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ. ކޯވިޑް19ގެ އެޕިޑެމިކް ބޮޑުވަމުންދާ މިންވަރު ދައްކައިދޭ ”އާރް ނަންބަރ“ ވަނީ 1.1-1.4 އަކުން 1.2-1.5 އަކަށް މިހަފްތާގައި މަތިވެފައެވެ. އިނގިރޭސި ވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޮންސް) އިން ކުރި ސާވޭ އަކުން ދައްކާގޮތުގައި ނިމިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗައް 9600 މީހުން އެޤައުމުން ބައްޔަށް ފައްސިވީ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ކުރީ […]
ޔުނައިޓެޑްއަށް ހަނި މޮޅެއް!
އިއްޔެ މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓޮން ބައްދަލުކުރި މެޗް، 3-2 ގެ ނަތިޖާއިން ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް ފުރަތަމަ ހާފް ފެށިގެން ގިނައިރުތަކެއް ކުޅެވުނުއިރު، ދެޓީމުންވެސް ގޯލެއް ޖަހަން ކުރި މަސައްކަތްވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ވާދަވެރި ކުޅުމެއް ފެނުނު ފުރަތަމަ ހާފްގެ ވަގުތު ހަމަވާން 5 މިނެޓަށް ވެފައިވަނިކޮށް ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ބްރައިޓޮން އިންނެވެ. މި ގޯލް މެޗްގެ 40 ވަނަ […]
ހިފެހެއްޓުންތަކަކާއި އެކު ތާޖު މަހަލް ހުޅުވާލައިފި
އިންޑިއާގެ އެންމެ މަޝްހޫރު ޓުވަރިސްޓް މަންޒިލް، ތާޖު މަހަލް ހަމަސްދުވަހުގެ ބަންދަކަށް ފަހު އަލުން ހުޅުވާލައިފިއެވެ. ކޮވިޑް19 އާއި ގުޅިގެން ތާޖު މަހަލް ބަންދުކުރުމަށްފަހު އަލުން ޓުވަރިސްޓުންނަށް ހުޅުވާލެވިފައި މިވަނީ ހިފެހެއްޓުންތަކަކާއި އެކު އެވެ. އެގޮތުން ޒިޔާރަތްކުރެވޭނީ ކޮންމެ ދުވަހަކު ވެސް، ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ. ތާޖު މަހަލް އަށް ދުވާލަކު މިހާރު ޒިޔާރަތްކުރުމަށް ހުއްދެދެނީ 5،000 މީހުންނަށެވެ. ކޮވިޑްގެ ކުރިން އެވްރެޖްކޮށް ދުވާލަކު 70،000 މީހުން، ލޯބީގެ މި ރަމްޒު ދެކިލަން ޒިޔާރަތްކުރެ އެވެ. […]
ޗައިނާގެ ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ލުއި ތަކެއް
ކޮވިޑް19 އާއި ގުޅިގެން ޗައިނާ އިން އެގައުމުގެ ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ލުއިތަކެއް ދީފި އެވެ. ޗައިނާ އިން ޑިޕްލޮމެޓުންނާއި ހާއްސަ ހާލަތްތައް މެދުވެރިވާ މީހުން ފިޔަވައި އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފައި ވަނީ މާރޗް މަހު އެވެ. ނަމަވެސް އޭރު ގައުމުން ބޭރުގައި ތިބި ޗައިނާ މީހުންނަށް ގައުމަށް ދެވެ އެވެ. ޗައިނާ އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބިދޭސީންނަށް ލުއިތަކެއް ދޭނެ ކަމަށާއި، މިހާރު ނިންމާފައިވަނީ ޗައިނާގެ […]