އާ ސަރުކާރެއް އުފެއްދުމަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށް މެލޭޝިއާގެ އިނދިކޮޅު ލީޑަރު އަންވަރު ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

މިހާރުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ބޮޑުވަޒީރު ކަމުން ވަކިކޮށް އާ ބޮޑުވަޒީރެއް އައްޔަނުކުރުމަށް ރަސްގެފާނުގެ ރުހުން ބޭނުންވާ  މިހާރުގެ އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، އޭނާއަށް މިވަގުތު ތާއީދުކުރާ މަޖްލިސްގެ މެންބަރުންގެ އަދަދު އިތުރުވެފައިވުމުން މުހުޔއްދީންގެ ބޮޑުވަޒީރުކަންވަނީ ނިމިފައެވެ. 

މެލޭޝިއާގެ އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ވިދާޅުވިގޮތުގައި އާ ސަރުކާރެއް އުފެއްދުމަށް ގާނޫނުހަދާ މަޖްލިސްގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރައްވަނީ އޭނާ ބޮޑުވަޒީރުކަމަށް ރަސްމީކޮށް އައްޔަންކުރުމަށް ރަސްގެފާނަށް  ހުށަހަޅާނެ ފަރާތްތަކެއް ކަނޑައެޅުމުގެ މަސައްކަތެވެ.  

“ އަޅުގަނޑުމެންނަށް ލިބިފަ އެބައޮތް ވަރަށް ބޮޑު އަޣުލަބިއްޔަތެއް. އަޅުގަނޑު މިދައްކަނީ ހަތަރު، ފަސް ގޮނޑީގެ ވާހަކައެއްނޫން، އަޅުގަނޑު މިދައްކަނީ އެއަށްވުރެ މާގިނަ ގޮނޑީގެ ވާހަކަ“ އަންވަރު ވިދާޅުވިއެއްވެ. އެހެންނަމަވެސް ލިބިފައިވާ ގޮނޑީގެ ސީދާ ޢަދަދެއް ވިދާޅެއް ނުވިނަމަވެސް ގާތްގަނޑަކަށް 222 މެންބަރުންގެ ތިންބައިކުޅަ ދެބައި ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.  “ ގައުމު ހިންގާ، ގައުމު ރައްކާތެރިކުރަން ގުޑުން ނާރާފަދަ، ވަރުގަދަ ސަރުކާރެއް ބޭނުންވޭ“ އޭނާ އިތުރަށް ވިދާޅުވިއެވެ. 

އިނދިކޮޅު ލީޑަރުގެ މިވާހަކަތައް މިއައީ މަހާތީރު މުހައްމަދުގެ ސަރުކާރު ވެއްޓި، ސަިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ގައުމު ވެއްޓެމުންދަނިކޮށް، މުހުޔިއްދީނަށް ބޮޑުވަޒީރުކަން ހަވާލުކުރިތާ ހަތްމަސްނުވަނީހެވެ. އިނދިކޮޅު ލީޑަރުގެ މިވާހަކައަށް ބޮޑުވަޒީރުގެ އޮފީހުން ވަގުތުން ޖަވާބެއްދީފައި ނުވެއެވެ. 

ރަސްގެފާނާއި ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް މުހުޔިއްދީނަށް ފުރަތަމަ ފުރުސަތު ލިބިވަޑައިގެންފިނަމަ، މަޖްލިސް އުވާލައި އަލުން އިންތިޚާބެއް ބޭއްވުމަށް ރަސްގެފާނަށް ލަފާއެރުއްވުނީހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް