ކޯވިޑް19: އިއްޔެ ފައްސިވީ 31 މީހުން!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 31 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 26 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 25 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 6 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 10,045  އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1250 އެކްޓިވް ކޭސް ހިމެނޭއިރު، 84  ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 771  މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 20 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 24 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 30 މުވައްޒަފުންނާއި، 12 ފަތުރުވެރިޔަކު ހިމެނެއެވެ.
‌    މިބަލީގައި ރާއްޖެ އިން މިހާތަނަށް 34 މީހަކު ނިޔާވެފައި ވާއިރު 8754  މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް