ޔުނައިޓެޑްއަށް ހަނި މޮޅެއް!

Loading

Facebook
Twitter
WhatsApp
    އިއްޔެ މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓޮން ބައްދަލުކުރި މެޗް، 3-2 ގެ ނަތިޖާއިން ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
     މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް ފުރަތަމަ ހާފް ފެށިގެން ގިނައިރުތަކެއް ކުޅެވުނުއިރު، ދެޓީމުންވެސް ގޯލެއް ޖަހަން ކުރި މަސައްކަތްވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ވާދަވެރި ކުޅުމެއް ފެނުނު ފުރަތަމަ ހާފްގެ ވަގުތު ހަމަވާން 5 މިނެޓަށް ވެފައިވަނިކޮށް ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ބްރައިޓޮން އިންނެވެ. މި ގޯލް މެޗްގެ 40 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ނ.މައުޕޭއެވެ. ގޯލަށްފަހު ޔުނައިޓެޑުން އެޓޭކް ކުރުމަށް އިތުރަށް މަސައްކަތް ކުރަމުން ދަނިކޮށް ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަވީ ބްރައިޓޮންގެ ޑަންކް އަތުން 43 ވަނަ މިނިޓުގައި ބައިކޮޅަށް ވަތް ގޯލާއިއެކުގައެވެ.
      ދެވަނަ ހާފް ފެށިގެން އައިއިރު ޔުނައިޓެޑުން ކުޅުން އިތުރަށް ރަނގަޅުކޮށް، މެޗްގެ 55 ވަނަ މިނިޓުގައި ގޯލެއް ކާމިޔާބުކޮށް ލީޑު ނެގިއެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ ޔުނައިޓެޑްގެ އިތުބާރު ފޯވާރޑް މާކަސް ރަޝްފޯޑްއެވެ.
      ރަޝްފޯޑްގެ ގޯލަށްފަހު މެޗްގެ 90 މިނިޓް ހަމަވީ އިތުރު ގޯލެއް ފެނިގެން ނުގޮހެވެ. ނަމަވެސް އިތުރު ވަގުތުގެ 5 ވަނަ މިނިޓުގައި އަނެއްކާވެސް މެޗްގެ އޮއެވަރު ބަދަލުކޮށްލީ ބްރައިޓޮންގެ ސ.މާޗް ކާމިޔާބު ކޮށްދިން ލަނޑާއިއެކުގައެވެ. މިހާ ހިސާބުން އަނެއްކާވެސް މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. އިތުރު ވަގުތު 10 މިނިޓަށް ދެމިގެން ގޮސްފައިވަނިކޮށް ޔުނައިޓެޑަށް ލިބުނީ ޕެނަލްޓީއެކެވެ. ބުރޫނޯ ފަނާންޑޭޒްގެ ޕެނަލްޓީ ގޯލަށް ފޮނުވާލައިގެން މެޗް ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ.
     ޕްރިމެއަރ ލީގުގައި ޔުނައިޓެޑްގެ މެޗެއް ދެން އޮތީ އޮކްޓޫބަރު 4 ވާ އާދިއްތަ ދުވަހުއެވެ. މިމެޗުގައި ޔުނައިޓެޑް ނިކުންނާނީ ޓޮޓެންހަމް އާއި ދެކޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް