އިނގިރޭސިވިލާތުގައި ކޯވިޑް ފެތުރޭ މިންވަރު ހަފްތާއެއްގެ ތެރޭގައި %60 މައްޗައް!

Loading

Facebook
Twitter
WhatsApp
   އިނގިރޭސި ވިލާތުގައި ކޯވިޑް19 ފެތުރޭ މިންވަރު މިހަފްތާގެ ތެރޭގައި %60 މައްޗައް ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ. ކޯވިޑް19ގެ އެޕިޑެމިކް ބޮޑުވަމުންދާ މިންވަރު ދައްކައިދޭ ”އާރް ނަންބަރ“ ވަނީ 1.1-1.4 އަކުން 1.2-1.5 އަކަށް މިހަފްތާގައި މަތިވެފައެވެ.
     އިނގިރޭސި ވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޮންސް) އިން ކުރި ސާވޭ އަކުން ދައްކާގޮތުގައި ނިމިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗައް 9600 މީހުން އެޤައުމުން ބައްޔަށް ފައްސިވީ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ކުރީ ހަފްތާގައި މި އަދަދު ހުރީ 6000 ގައެވެ.
    އިނގިރޭސި ވިލާތުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ވަރުގަދަ ކުރަމުންނެވެ. އެޤައުމުގެ ސަރުކާރުން އާންމުކުރި ތަފާސް ހިސާބުތަކުން، މިހާތަނަށް އެންމެ ގިނަ މީހުން އެޤައުމުން ފައްސިވީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ 6874 ކޭހެވެ. މިބަލީގައި އިތުރު 34 މީހަކު ނިޔާވިކަން ވެސް ސަރުކާރުން އިއުލާން ކުރިއެވެ. ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދާކަމަށް ފާހަގަވެފައިވަނީ އެޤައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައާއި އަދި ލަންޑަނުގައެވެ.
    ސަރުކާރުން ދަނީ އެޤައުމުގެ އެކި ސަރަހައްދުތަކުގައި ބަލި ފެތުރޭ މިންވަރަށް ރިޔާޢަތްކޮށއ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް