ޕާކިސްތާނުން ކޮވިޑު-19 ވޭދަނަ މާބޮޑަށް ދަށްވާތީ ސިއްހީ ތަޖުރިބާކާރުންނަށް ބުނާނެ އެއްޗެއް ނޭނގުނު.

ޕާކިސްތާނުން ކޮވިޑު-19 ވޭދަނަ ވަރަށް ބޮޑަށް އިތުރު ވުމަށްފަހު، ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ވޭދަނަތައް ވަރަށް ބޮޑަށް މަދުވެއްޖެއެވެ. ކޮވިޑު-19 ޖެހިގެން ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު އެންމެ ނަންބަރަކުން ގުނާލެވޭއިރު، އަވައްޓެރި އިންޑިއާގައި މަރުވާ މީހުންގެ އަދަދު ގުނަންޖެހެނީ ސަތޭކައިގެ އަދަދު ތަކުންނެވެ.  މިކަން މިހެން އޮތްއިރު ފާކިސްތާނުގައި ގިނަމީހުން ދިރިއުޅެނީ އެޕާޓްމަންޓު ބިލްޑިންގ ތަކުގައްޔާއި ގިނަބަޔަކު އެއްގެއްގައ އުޅޭގޮތަށެވެ. މިއީ ވައިރަސް ފެތުރުމަށް ފަހި މާހައުލެކެވެ.  ވޭދަނަތައް ޕާކިސްތާނުގައި މިހާބޮޑަށް މަދުވި […]

އިންތިޚާބަށްފަހު ސާބިޔާއިން އަނިޔާވެރިކަން އިތުރު ކުރާނެތީ މޮންޓެނީގްރޯގެ މުސްލިމުން ތިބީ ބިރުން

އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަންކުރި ރައީސް، މިލޯ ޖުކަނޮވިޗުގެ މައްޗަށް އިނދިކޮޅަށް ބޮޑު ކާމިޔާބެއް ލިބުމާއި ގުޅިގެން، އެ ގައުމުގެ މުސްލިމު އާބާދީއަށް ދަނީ ބޮޑެތި ފިއްތުންތަކާއި ދުއްތުރާ ކުރިމަތިވަމުންނެވެ.  ސާބިއާގެ ބޯޑަރު ކައިރީގައި އޮންނަ ޕްޖެވުލްޖަ އަވަށުގައި އިނދިކޮޅު މެންބަރުން އެމީހުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރީ އިސްލާމުންގެ ތަންތަން ތަޅާ ސުންނާފަތިކޮށް މުސްލިމުންގެ ގެތަކަށް ހަމަލާދީގެން ކަމުގައި އެ އަވަށުގެ ނޫހަކުން ރިޕޯޓު ކުރިއެވެ.  […]

އަންހެނުންނާއި ފިރިހެނުން އުފައްދަވާފައިވަނީ، އެއް ނަފްސަކުންނެވެ.

ކީރިތި قرآن ގައި އަންގަވާފައިވާ ގޮތުގައި، އަންހެނުންނާއި ފިރިހެނުން އުފައްދަވާފައިވަނީ، އެއް ނަފްސަކުންނެވެ. މާތްﷲ وحي ކުރެއްވިއެވެ. “  يٰۤـاَيُّهَا النَّاسُ اتَّقُوۡا رَبَّكُمُ الَّذِىۡ خَلَقَكُمۡ مِّنۡ نَّفۡسٍ وَّاحِدَةٍ “ (ٱلنِّسَاء : 1)  މާނައީ: ”އޭ މީސްްތަކުންނޭވެ! ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوى   ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދި ރަސްކަލާނގެއެވެ.“ މި މަތިވެރި އިލާހީ އިރްޝާދުން އެނގޭ ގޮތުގައި، ޖިސްމާނީ ގޮތުން ދެ ޖިންސުގެ ދެމެދުގައި […]

ފަލަސްތީނުގެ ވާހަކައިން ލިބޭ އިބުރަތް: ގައުމީ ކަންކަމުގައި އާންމުން ހޭލުންތެރިވުން

ވިހި ވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގައި އެތަނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބިންނެވެ. އަދި، އޭރު، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބިންގެ އަތް މަތީގައެވެ. އެއިރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ %8 އެވެ. އެމީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2 އެވެ. ނަމަވެސް، 1920 ވަނަ އަހަރުން ފެށިގެން މިއަދަދަށް ބަދަލު އަންނަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސް ވުމުގެ ދަށުން […]

ޔަމަނުގެ ސުއްކަތުރާގައި ޔޫ އޭ އީން ކުރަނީ ކޮންކަމެއް؟

news

ޔޫ އޭ އީންވަނީ ޔަމަނުގެ ސުއްކަތުރާ އައިލޭންޑް ކުއްޔަށް ދީފައެވެ. އެތަން ބޭނުންކުރަމުންދަނީ ޖާސޫސްކުރުމުގެ ނެޓްވޯކުތަކުގެ މައި ހަބެއްގެ ގޮތުގައެވެ.  ފަހަކަށް އައިސް އެގައުމުގެ އަމަލުތައް ހުންނަގޮތުން އަނިޔާވެރި ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫ އޭ އީންވަނީ ޔަމަނުގެ ސުއްކަތުރާ އައިލޭންޑްގެ ކޮންޓްރޯލް އަތުލާފައެވެ. އެ ރަށަކީ އިންޑިއާ ކަނޑުގެ ގައުމުތަކާއި، އިރުމަތީ އޭޝިއާއާއި އެހެނިހެން ގައުމުތަށް ދަތުރުކުރާ މައި ކަނޑުއޮޅީގައި އޮންނަ މުހިއްމު ރަށެކެވެ.  މިދިޔަ ހަފްތާގައި ފްރެންޗު-ޖުވިޝް އޯގަނައިޒޭޝަން ޖޭފޯރަމުން […]

ކޮވިޑް-19ގެ ހާލަތުގައި އެންމެބޮޑު ހަތިޔާރަކަށް ވާންޖެހޭނީ ގަޟާގަދަރަށް އީމާންވުން: ޚުތުބާ

ކޮވިޑް19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެންމެ ބޮޑު ހަތިޔާކަށް ވާންޖެހޭނީ ގަޟާގަދަތަށް އީމާންވުންކަމަށް މި އަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެ އެވެ. މިންވަރަށް އީމާންވުން މި މައުޟޫއަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުތުބާގައި ވިދާޅުވީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައި މިވާ ނުތައްކާތެރި ބަލިމަޑުކަމުގައި ގަޟާގަދަރަށް އީމާންވެ ކެތްތެރިވާން ޖެހޭނެކަމަށެވެ. “ ކޮވިޑް-19ގެ ހާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ގަޟާގަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން. އީމާންކަމާއި ކެތްތެރިވުމުން ހިމާޔަތް ލިބިގެންފިނަމަ ދުނިޔެމަތީގައި ލިބެންއޮތް ހެވެއް އެއްވެސް މީހަކަށް […]

ރޯވި ތެޔޮ ޓޭންކަރުން ތެޔޮ ލީކުވެ، ރާއްޖެއަށް ނުރައްކާ ވެދާނެ!

    ސްރީލަންކާގެ ކައިރިން ދަތުރު ކުރަނި ކޮށް އަލިފާން ރޯވި ތެޔޮ ޓޭންކަރުން ލީކުވާ ތެޔޮ ރާއްޖެ ސަރަހައްދަށް އޮޔާ އައިސްދާނެ ކަމުގެ ބިރު ހީވަން ފަށައިފިއެވެ. މި ތެޔޮ ޓޭންކަރުގައި ރޯވެފައި ވަނީ، ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިޔާއަށް ދަތުރު ކުރަނިކޮަށް، ލަންކާގެ އިރުމަތީ ފަރާތު ބޭރުންނެވެ.      މިކަމާއި މެދު ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ މިއީ ބޮޑު ކާރިސާއަކަށް ވެދާނޭ ކަމެއް ކަމަށް ބުނެ […]

ކޯވިޑް19: އިއްޔެ 141 މީހަކު ބައްޔަށް ފައްސިވެއްޖެ!

 ރާއްޖެއިން ކޯވިޑް19 އަށް އިތުރު 141 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 7 މީހަކު ނިސްބަތްވަނީ އަތޮޅުތެރެއަށެވެ. އަދި 134 މީހަކު ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.       އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 98 ދިވެހިންނާއި، 43 ބިދޭސީންނެެވެ. ކުރިޔާއި ޚިލާފަށް ފައްސިވާ ބިދޭސީން ނިސްބަތްވާ ޤައުމުތަކެއް މިހާރު އެހްޕީއޭއިން ހާމައެއް ނުކުރެއެވެ.       އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު […]

މިނިވަން ކަމުން އަޅުވެތިކަމަށް ދާނަންހޭ؟ ނުދާނަމޭ!

ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 60ހަކަށް އަހަރު ވާން ކައިރިވެފައިވާއިރު، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިއަދާއި ހަމަޔަށް ދެމި މިއޮތީ، އަޅުގަނޑުމެންގެ ކާބަފައިންގެ ބުރަ މަސައްކަތުންނެވެ. މި ކުޑަ ކުޑަ ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށްޖެހީ ލޯބޯ ފިއްސައިގެން ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ހައިހޫނުކަމާއި، ދަތި އުނދަގޫ ދުވަސްތަށް ތަޙައްމަލްކޮށް އެކަމުންވެސް އަރައިގަތީ ކެތްތެރިކަމާއި އެކުއެވެ. މިޤައުމަށް އައި ބޭރުގެ ޢަދުއްވުންގެ ކޮންމެ ބަޔަކު ވެސް ޤައުމުން ފައްސާލީ ޙިކްމަތާއި، ޤައުމީ ލޯތްބާއި، ލޭގެ ޤުރުބާނީ އިސްކޮށްގެންނެވެ. […]

‘މޯލްޑިވްސް ވިމެން އިން ޕޮލިސިން“ އާއި ”ޕްރޮޖެކްޓް ގާޑިއަން“ އިފުތިތާހުކޮށްފި

”މޯލްޑިވްސް ވިމެން އިން ޕޮލިސިން“ އާއި ޕްރޮޖެކްޓް ގާޑިއަން“ ފަސްޓްލޭޑީ ފަޒްނާ އަހުމަދު އިފްތިތާހުކޮށްދެއްވައިފި އެވެ. އިސްކަންދަރުކޮށީގައި އިފްތިތާހުކުރި މި ކަމަކީ މޯލްޑިވްސް ޕޮލިސް ސަވިސްއިން ކުރިޔަށް ގެންދާ ދެ މަޝްރޫއެކެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެކަމަނާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ”މޯލްޑިވްސް ވިމެން އިން ޕޮލިސިން“ ފަދަ ކޮމިޓީއެއް އުފައްދާ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ އަންހެނުން ބާރުވެރި ކުރަން ކުރާ […]