އިންތިޚާބަށްފަހު ސާބިޔާއިން އަނިޔާވެރިކަން އިތުރު ކުރާނެތީ މޮންޓެނީގްރޯގެ މުސްލިމުން ތިބީ ބިރުން

Loading

Facebook
Twitter
WhatsApp

އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަންކުރި ރައީސް، މިލޯ ޖުކަނޮވިޗުގެ މައްޗަށް އިނދިކޮޅަށް ބޮޑު ކާމިޔާބެއް ލިބުމާއި ގުޅިގެން، އެ ގައުމުގެ މުސްލިމު އާބާދީއަށް ދަނީ ބޮޑެތި ފިއްތުންތަކާއި ދުއްތުރާ ކުރިމަތިވަމުންނެވެ. 

ސާބިއާގެ ބޯޑަރު ކައިރީގައި އޮންނަ ޕްޖެވުލްޖަ އަވަށުގައި އިނދިކޮޅު މެންބަރުން އެމީހުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރީ އިސްލާމުންގެ ތަންތަން ތަޅާ ސުންނާފަތިކޮށް މުސްލިމުންގެ ގެތަކަށް ހަމަލާދީގެން ކަމުގައި އެ އަވަށުގެ ނޫހަކުން ރިޕޯޓު ކުރިއެވެ. 

މުސްލިމުން ފުދޭވަރަކަށް ގިނައިން އުޅޭ މިއަވަށުގައި އުޅޭ މުސްލިމެއް ބުނެފައިވާ ގޮތުގައި، ތަންތަން ހަލާކުކުރި މީހުން އުޅުނީ ސާބިއާގެ ދިދަ ރަމްޒުކޮށްދޭ ތިންކުލަ ހުރި ފޮތިގަޑެއް ހިފައިގެންނެވެ. އެމީހުން މުސްލިމުންގެ ވަރަށްގިނަ ގެތަކަށް ގާއުކާ، ތަންތަން ހަލާކު ކުރިއެވެ. 

ޕްޖެވުލްޖަ އަވަށަކީ ބޮޑަށް ސާބިއާގެ އަވަށެކެވެ. އިނދިކޮޅު މީހުން މިހިންގި ހަރަކާތް ސިފަވެގެންދިޔައީ 1990ގައި އޮތް އަނދިރި ދުވަސްތަކަށް އެނބުރި އައުންފަދަ ގޮތަކަށެވެ. 1990 ވަނަ އަހަރުބޮސްނިއާއާއި ކޮސޯވޯގެ މުސްލިމުން އެމީހުންގެ ވަކި ދައުލަތެއް ގާއިމުކުރިޔަ ނުދިނުމުގެ ބަހަނާގައި، ސާބިއާގެ ސަރުކާރުން އެތައް މުސްލިމުންނެއް އަނިޔާވެރިކޮށް މަރާލިއެވެ. 

މޮންޓެނީގްރޯގެ މުސްލިމުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ހޯދަމުންދާކަމށް ތުރުކީގެ ސަރުކާރުންވަނީ ބުނެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް