ކޯވިޑް19: އިއްޔެ 141 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
 ރާއްޖެއިން ކޯވިޑް19 އަށް އިތުރު 141 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 7 މީހަކު ނިސްބަތްވަނީ އަތޮޅުތެރެއަށެވެ. އަދި 134 މީހަކު ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
      އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 98 ދިވެހިންނާއި، 43 ބިދޭސީންނެެވެ. ކުރިޔާއި ޚިލާފަށް ފައްސިވާ ބިދޭސީން ނިސްބަތްވާ ޤައުމުތަކެއް މިހާރު އެހްޕީއޭއިން ހާމައެއް ނުކުރެއެވެ.
      އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 8281 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 2763 ކޭހެއް ފާހަގަ ކޮށްލެވޭއިރު، 157 މީހަކަށް އިއްޔެއާއި ހަމަޔަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިއައެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1304 މީހަކު އެކަހެރި ކުރެވިފައި ވެއެވެ. ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓްކުރުމަށް ލައްކަ އަކަށް ވުރެން ގިނަ ސުންކު ނަގާފައި ވެއެވެ.
     ރާއްޖެއިން މިހާތަނަށް މިބަލީގައި 29 މީހަކު ނިޔާވެފައި ވާއިރު، 5483 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް