ރޯވި ތެޔޮ ޓޭންކަރުން ތެޔޮ ލީކުވެ، ރާއްޖެއަށް ނުރައްކާ ވެދާނެ!

Loading

Facebook
Twitter
WhatsApp
    ސްރީލަންކާގެ ކައިރިން ދަތުރު ކުރަނި ކޮށް އަލިފާން ރޯވި ތެޔޮ ޓޭންކަރުން ލީކުވާ ތެޔޮ ރާއްޖެ ސަރަހައްދަށް އޮޔާ އައިސްދާނެ ކަމުގެ ބިރު ހީވަން ފަށައިފިއެވެ. މި ތެޔޮ ޓޭންކަރުގައި ރޯވެފައި ވަނީ، ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިޔާއަށް ދަތުރު ކުރަނިކޮަށް، ލަންކާގެ އިރުމަތީ ފަރާތު ބޭރުންނެވެ.
     މިކަމާއި މެދު ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ މިއީ ބޮޑު ކާރިސާއަކަށް ވެދާނޭ ކަމެއް ކަމަށް ބުނެ ރައީސް އޮފީހުގެ މިނިސްޓަރ ވަނީ ޓްވީޓް ކުރައްވައިފައެވެ.
    މައުލޫމާތު ލިބޭގޮތުގައި އެ ބޯޓުގައި 270،000 ޓަނުގެ ސާފުނުކުރާ ތެޔޮ ހުއްޓެވެ. އެއީ ގާތްގަނޑަކަަށް 300.000.000 ލީޓަރުގެ ތެލެވެ. ނުވަތަ 3 މިލިއަން ފީފާގެ ތެލެވެ. ދާދި ފަހުން މައުރިޝިއަސްގައި ހިނގައިދިޔަ ހާދިސާގައި ވެސް ކަނޑަށް ލީކުވީ 1000ޓަނުގެ ތެލެވެ. އެހެންކަމުން މިކަމަކީ އެއަށްވުރެން މާބޮޑު ކާރިސާއަކަށް ބަދަލުވެދާނެ ކަަމެއް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އަދި އެހާދިސާ ހިނގި ވަގުތުގަޔާއި މިހާރު އޮއެވަރު ހުރިގޮތުން، ތެލުގެ އަސަރު ރާއްޖޭގެ ކަނޑުތަކަށް ކުރުމުގެ އަސަރު ބޮޑުކަމަށް ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ.
      މިޓޭންކަރުގައި ރޯވެފައި ވަނީ ލަންކާގެ އިރުމަތީ ފަރާތުން 20 މޭލު ބޭރުންނެެވެ. ފުރަތަމަ އަލިފާންގަނޑު ރޯވީ އިއްޔެ ހެނދުނު 7:45 ހާއިރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަލިފާން ރޯވި ޓޭންކަރަކީ ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ ”ދަ ނިއު ޑައިމަންޑް“ ނަމަކަށް ކިޔާ ޓޭންކަރެކެެވެ. އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކެނޑިނޭޅި ލަންކާގެ އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ.
       ތެލުގެ އަސަރު ރާއްޖެއަށް ކޮށްފިނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ރާއްޖޭގެ ތިމާވެއްޓަށް ކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް