އަންހެނުންނާއި ފިރިހެނުން އުފައްދަވާފައިވަނީ، އެއް ނަފްސަކުންނެވެ.

Loading

Facebook
Twitter
WhatsApp

ކީރިތި قرآن ގައި އަންގަވާފައިވާ ގޮތުގައި، އަންހެނުންނާއި ފިރިހެނުން އުފައްދަވާފައިވަނީ، އެއް ނަފްސަކުންނެވެ. މާތްﷲ وحي ކުރެއްވިއެވެ. “  يٰۤـاَيُّهَا النَّاسُ اتَّقُوۡا رَبَّكُمُ الَّذِىۡ خَلَقَكُمۡ مِّنۡ نَّفۡسٍ وَّاحِدَةٍ “ (ٱلنِّسَاء : 1)  މާނައީ: ”އޭ މީސްްތަކުންނޭވެ! ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوى   ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދި ރަސްކަލާނގެއެވެ.“

މި މަތިވެރި އިލާހީ އިރްޝާދުން އެނގޭ ގޮތުގައި، ޖިސްމާނީ ގޮތުން ދެ ޖިންސުގެ ދެމެދުގައި ތަފާތު ހުރިނަމަވެސް، އެ ދެ ޖިންސު އުފެދިފައިވާ އަސްލަށާއި، އިންސާނީ ވަންތަކަމުގެ ޙައިސިއްޔަތަށް ބަލާއިރު، އަންހެނުންނާއި ފިރިހެނުންނަކީ، ހަމަހަމަ ވެގެންވާ ބަޔެކެވެ. ކީރިތި قرآنން އެނގޭގޮތުގައި، ދެ ޖިންދުގެ މީހުންކުރާ ޢަމަލު  ތަކާމެދު މަސްއޫލުވެ ޒިންމާ އުފުލުމުގައިވެސް، ދެ ޖިންސުމެ ހަމަހަމަވެގެންވެއެވެ. އަދި ހެޔޮ ءمل ކަމުގައި ހިމެނޭ ކޮންމެ ކަމެއް ކުރުމަކީ، ދެޖިންސުގެ މީހުންނަށްއޮތް  حقّ އެކެވެ.

ކޮންމެ مجتمع އެއްގެވެސް ހަމަޖެހުމާއި ކުރިއެރުން ބިނާވެފައި އޮންނަނީ، ދެ ޖިންސުގެ ދެމެދުގައި ހިތްހެޔޮކަމާއި އެއްބާރުލުން އޮވެގެން ކަމަށްވާތީ، ދެ ޖިންސުގެ حقّތައް އިސްލާމްދީނުގައި ވަނީ ރައްކާތެރިކޮށް ދެއްވާފައެވެ. އެހެނީ، އިސްލާމްދީނަކީ، مجتمع  ގައި ހިމެނޭ ތަފާތު ގިންތިތަކުގެ މެދުގަޔާއި ވަކިވަކި މީހުންގެ މެދުގައި، އެންމެ ފުރިހަމަގޮތުގައި مساواة قائم ކޮށްދޭ ދީނެވެ. އެ ދީނުގައިވަނީ، مجتمعގައި ހިމެނޭ ތަފާތު ބައިތަކުގެ حقّ ތައް ވަރަށް ރަނގަޅަށް ރައްކާތެރި ކޮށްދެއްވާފައެވެ. އޭގެތެރެއިން އެއްވެސް ބައެއްގެ حقّ އަކަށް އުނިކަމެއް ނާންނަގޮތެއްގެ މަތީންނެވެ.

އިންސާނީ ނަސްލު ދެމެހެއްޓުމަށްޓަކައި ލައްވާފައިވާ قدرتى نظام  ގައި، ދެ ޖިންސު އަދާ ކުރަންޖެހޭ ބައި ތަފާތުވި ކަމުގައިވިޔަސް، އެކަމަކީ،  އިންސާނީ ވަންތަކަމުގެ ގޮތުން ދެ ޖިންސުންކުރެ ވަކި ޖިންސަކަށް އުނިކަމެއް ލިބެންވީ ކަމެއް ނޫނެވެ. ދެބައި މީހުންނަކީވެސް، ހަމަ އިންސާނުން ކަމަށްވާތީއެވެ. އަދި ކަންކަމުގައި ކުރިއަރައި ދިޔުމަށް އެދުމާއި، އުފަލާއި ހިތާމަ إحساس  ކުރުމުގައިވެސް، އެއްވެސް ތަފާތެއްނެތް ދެބަޔަކަށްވާތީއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް