ޔަމަނުގެ ސުއްކަތުރާގައި ޔޫ އޭ އީން ކުރަނީ ކޮންކަމެއް؟

Loading

Facebook
Twitter
WhatsApp
news

ޔޫ އޭ އީންވަނީ ޔަމަނުގެ ސުއްކަތުރާ އައިލޭންޑް ކުއްޔަށް ދީފައެވެ. އެތަން ބޭނުންކުރަމުންދަނީ ޖާސޫސްކުރުމުގެ ނެޓްވޯކުތަކުގެ މައި ހަބެއްގެ ގޮތުގައެވެ. 

ފަހަކަށް އައިސް އެގައުމުގެ އަމަލުތައް ހުންނަގޮތުން އަނިޔާވެރި ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫ އޭ އީންވަނީ ޔަމަނުގެ ސުއްކަތުރާ އައިލޭންޑްގެ ކޮންޓްރޯލް އަތުލާފައެވެ. އެ ރަށަކީ އިންޑިއާ ކަނޑުގެ ގައުމުތަކާއި، އިރުމަތީ އޭޝިއާއާއި އެހެނިހެން ގައުމުތަށް ދަތުރުކުރާ މައި ކަނޑުއޮޅީގައި އޮންނަ މުހިއްމު ރަށެކެވެ. 

މިދިޔަ ހަފްތާގައި ފްރެންޗު-ޖުވިޝް އޯގަނައިޒޭޝަން ޖޭފޯރަމުން ރިޕޯޓު ކުރިގޮތުގައި، ޔޫ އޭއީ އާއި އިޒުރޭލުން ދަނީ ސުއްކަތުރާގައި ”ޖާސޫސްކުރާ ތަނެއް“ ހަދަމުންނެވެ. މިހާރު އެ ދެގައުމުންވަނީ ޖާސޫސްކުރަން ބޭނުންވާ އާލާތްތައް އެރަށަށް ގެންގޮސްފައެވެ. އެރަށް އޮންނަނީ ޔަމަނުގެ ބިމުގެ މައި ސަރަހައްދާއި ގާތްގަނޑަކަށް 350 ކިލޯމީޓަރު ދުރުގައެވެ. 

ތަލްއަބީބުގެ ސަރވެއިލަންސް ސެނަޓަރުތަކުން މިހާރުވެސް ދަނީ ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ހޫތީންނާއި އީރާނުގެ ކަނޑުމަތީ ސިފައިންގެ މަނަވަރުތަކުގެ ހަރަކާތްތަކާއި، ރަތްކަނޑުގެ ދެކުނު ސަރަހައްދުގެ ވަޔާއި ކަނޑުގެ ހަރަކާތްތައް ބަލަމުންނެވެ. މިހުރިހާ ކަމަކާއެކު ސުއްކަތުރާގެ ބޭނުން ހިފޭނެގޮތްވުމުން، އެސަރަހައްދުގެ ކަންކަން މޮނިޓަރކުރުމުގެ އިސްތިރާޖީ ޕްލޭން އެތައްގުނައަކަށް ވަރުގަދަވަނީ ވެފައެވެ. 

ސުއްކަތުރާއަކީ ސުއްކަތުރާ ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. އެރަށުގައި 130 ކިލޮ މީޓަރު ހުރެއެވެ. އަދި އެރަށުގައި 60،000 މީހުން ދިރިއުޅެއެވެ.   އެރަށް ޔަމަނުގެ ވެރިކަމާއި ގުޅުނީ 1990ވަނަ އަހަރެވެ. 1967 އާއި 1990 ވަނައަހރާއި ދެމެދު އެރަށް އޮތީ ޔަމަނުގެ ދެކުނުގަ ހިނަގމުންދިޔަ ވެރިކަމުގެ ދަށުގައެވެ. އޭގެ ކުރިން، 1938 ން 1967 ވަނައަހަރާއި ހަމައަށް އެރަށް އޮތީ އިގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައެވެ. އެއިރު ވެރިއަކަށް ހުންނެވީ ލަހެޖު ދަރިކޮޅުގެ ރަސްކަލެކެވެ. 

2015 ވަނަ އަހަރު ޔަމަނުގައި ދާޚީލީ ހަނގުރާމައެއް ފެށުމާއެކުސައޫދީން އިސްވެ އޮވެ ފެށި ހަނޣުރާމައިފެ ސަބަބުން ޔަމަނުގެ ހަމަނުޖެހުން އިތުރު ވެގެންދިޔައެވެ. އެހެން ގައުމުތަކުގެ ހަމަނުޖެހުންތަކުގައިވެސް ޝާމިލުވާ، ސަޢޫދީ އަރަބިއްޔާއާއި އެންމެ އެކުވެރި  ޔޫ އޭ އީ މި ހަނގުރާމައިގައި ބައިވެރިވެ ސުއްކަތުރާގެ ކޮންޓްރޯލުވަނީ އަތުލާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް