ޕާކިސްތާނުން ކޮވިޑު-19 ވޭދަނަ ވަރަށް ބޮޑަށް އިތުރު ވުމަށްފަހު، ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ވޭދަނަތައް ވަރަށް ބޮޑަށް މަދުވެއްޖެއެވެ. ކޮވިޑު-19 ޖެހިގެން ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު އެންމެ ނަންބަރަކުން ގުނާލެވޭއިރު، އަވައްޓެރި އިންޑިއާގައި މަރުވާ މީހުންގެ އަދަދު ގުނަންޖެހެނީ ސަތޭކައިގެ އަދަދު ތަކުންނެވެ.
މިކަން މިހެން އޮތްއިރު ފާކިސްތާނުގައި ގިނަމީހުން ދިރިއުޅެނީ އެޕާޓްމަންޓު ބިލްޑިންގ ތަކުގައްޔާއި ގިނަބަޔަކު އެއްގެއްގައ އުޅޭގޮތަށެވެ. މިއީ ވައިރަސް ފެތުރުމަށް ފަހި މާހައުލެކެވެ.
ވޭދަނަތައް ޕާކިސްތާނުގައި މިހާބޮޑަށް މަދުވި މަދުވުން އެކަކަށްވެސް އޮޅުންފިލުވައިދޭކަށް ނޭނގުނެވެ. ”އަޅުގަނޑުމެންނަކަށްވެސް ނޭނގޭ ވަކި ސަބަބެއް ބުނެދޭކަށް“ ލާހޫރުގެ އިރުމަތީ އަވަށެއްގައި ހުންނަ ސަރވިސް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ސަލްމާން ޙަބީބު ވިދާޅުވިއެވެ. މި އަވަށަކީ ކޮވިޑު-19 ފެތުރެންފެށިއިރު އެންމެ ބޮޑަށް އަސަރުކުރި އެއް އަވަށެވެ.