ކުލަގަދަ ރަސްމިއްޔާތަކާއެކު ކުމުންދޫގެ ނޭޗަރ ޕާކް ހުޅުވައިފި

ހދ. ކުމުންދޫ ޒުވާނުން އެރަށު ކުޅީގައި ތަރައްގީކުރި ނޭޗަރޕާކް ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ސަގާފީ ހަރަކާތްތަކާއެކު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕާކް ރަސްމީކޮށް ހުޅުވައިދެއްވީ އަފީފުއްދީން ސުކޫލްގެ ޕްރިންސިޕަލް ނާސިހާ އިދްރީސް އެވެ. ”ވެހިސަރާ“ގެ ނަމުން ނަންދީފައިވާ މި ޕާކް ހަދައިފައިވަނީ އެރަށު ކުރެވި ޖަމިއްޔާގެ ގޮތްޕެއް ކަމަށްވާ ޒީރޯ ސްޕޯޓްސް އިން އިސްނަގައިގެންނެވެ. ގާތްގަޑަކަށް ދެ ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ މި ޕާކް ހުންނަނީ އެރަށުގެ ކުޅީގައެވެ. ކުޅީގެ މެދުގައި 12 ފޫޓް […]

މޫސުން ވަރަށް ގޯސް! މަސްވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވޭ!

ރާއްޖޭގެ މޫސުން ގޯސްވެ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން  ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.      އޮރެންޖް އެލާޓް ނެރެފައިވަނީ ބ.އަތޮޅުން އައްޑޫ އަތޮޅާއި ހަމަޔަށް މިރޭ 22:30 އިން މާދަމާ މެންދުރު 2:30 ހަށެވެ.      މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، މިސަރަހައްދުތަކަށް އެވްރެޖް ގޮތެއްގައި ގަޑިޔަކި 34-40 މޭލާއި ދެމެދުގެ މިންވަރަކަށް ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 60 މޭލާއި ހަމަޔަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ […]

ކޯވިޑް19: އިއްޔެ އިތުރު 125 މީހަކު ފައްސިވެއްޖެ!

   ރާއްޖެއިން ކޯވިޑް19 އަށް އިތުރު 125 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 19 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 106 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.     އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 112 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 13 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. […]

”ރީޑިސްކަވާ މޯލްޑިވްސް“ ގެ ނަމުގައި ވެބިނާ ސީރީޒެއް ފަށައިފި

”ސޭފް ހޭވަން“ އެއްގެ ގޮތުގައި ރާއްޖެ ދައްކަން އެމްއެމްޕީއާރްސީން ”ރީޑިސްކަވާ މޯލްޑިވްސް“ ނަމުގައި ވެބިނާ ސީރީޒެއް ފަށައިފި އެވެ. އެމްއެމްޕީއާރްރްސީން މިދިއަ ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ ގުޅިގެން ”ރީޑިސްކަވާ މޯލްޑިވްސް“ ނަމުގައި ވަނީ ކެމްޕޭނެއް ލޯންޗުކޮށްފަ އެވެ. ވެބިނާ ސީރީޒް ތަކެއް ފެށީ އެ ކެމްޕޭނުގެ ދަށުންނެވެ. މި ވެބިނާ ސީރީޒަކީ ”ސޭފް ހޭވަން“ އެއްގެ ގޮތުގައި ރާއްޖެ ދައްކާ ބަލިމަޑުކަމުގެ ދަނޑިވަޅުގައި ވެސް ޒިޔާރަތް ކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި […]

ގޭގައި އެއްޗެހި ހަދައިގެން ވިއްކާ މީހުން ހުއްޓުވާކަށް ނޫޅެން: ރޭމް

ގޭގައި އެއްޗެހި ހަދައިގެން ވިއްކާ މީހުން ހުއްޓުވަން ނޭޅޭ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފިއެވެ. ރަޖިސްޓްރީ ނުކޮށް ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގުމައި ގުޅިގެން ރޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޗްޕީއޭގެ އިއުލާނަކީ އެ ޖަމިއްޔާ އިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ބުނެފަ އެވެ. އެޗްޕީއޭއާ އެކު މިދިޔަ މަހު 22ގައި ބޭއްވި […]

ޓެކްނޮލޮޖީ ސްޓާޓަޕްތަކަށް އެކުވެރި ވެއްޓެއް މީގެކުރިން ރާއްޖޭގައި ގާއިމްވެފައި ނުވޭ: މިނިސްޓަރ މަލީހު

ޓެކްނޮލޮޖީ ސްޓާޓަޕްތަކަށް އެކުވެރި ވެއްޓެއް މީގެކުރިން ރާއްޖޭގައި ގާއިމްވެފައި ނުވާކަމަށާއި، އެފަދަ ވެއްޓެއް ގާއިމުކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި ސްޓާޓަޕްތަކާ ގުޅޭ ވެއްޓެއް ނުވަތަ އީކޯސިސްޓަމެއް ގާއިމްކުރަން މައިކްރްސޮފްޓާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން މަސައްކަތްކުރަން ވަނީ ފަށާފައެވެ. މައިކްރޮސޮފްޓާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހުގެ އިތުރުން މެނާ އަދި ސާކް ސަރަހައްދުގެ މައިކްރޮސޮފްޓް ސްޓާޓަޕްގެ ކަންޓްރީ ހެޑް ލަތިކާ […]

ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ބިދޭސީ ވަކީލުންނަށް ދެން ލިބޭނެ

ރާއްޖޭގެ ކޯޓުތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފިއެވެ. ބިދޭސީ ވަކީލުންނަށް ހުއްދަ ދިން ކަމަށް އަންގާ ބާ ކައުންސިލުން ނެރުނު ގަވާއިދުގައި ބުނެފައި ވަނީ، ރާއްޖޭގެ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވޭނީ ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އަދި ވަކި މުއްދަތެއް ވަންދެން ކަމަށެވެ. އަދި ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ […]

ވިޑް19: އިއްޔެ ފައްސިވީ 80 މީހުން!

އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް އިތުރު 80 މީހަކު ފައްސިވެެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 77 މީހަކު މާލެ ސަރަހައްދަށް ނިސްބަތް ވާއިރު، 3 މީހަކު ނިސްބަތްވަނީ އަތޮޅު ތެރެއަށެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި، 20 ބިދޭސީންނެވެ. އިއްޔެ އާއި ހަމަޔަށް ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 8361 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 2684 މީހަކު އިއްޔެއާއި ހަމަޔަށް ބަލިން ރަނގަޅު ނުވެ ތިބިކަން ފާހަގަ ކޮށްލެވެއެވެ. […]

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ. މިގޮތުން ރޭދަންވަރު 1:00 އިން މިއަދު ހެނދުނު 7:00 އަށް ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅާއި ގދ.އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިސަރަހައްދަށް ބޯކޮށް ވާރެވެހުމާއި، އެކު ގުގުރުން އެކަށީގެންވެއެވެ. އަދި 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެދާނޭ […]

އަލްމަރުޙޫމް ހުސައިން މުޙައްމަދު: ދެވަނައެއް ނެތް ޚިދުމަތްތެރިއެއް!

އިއްޔެގެ ވަޤުތެއްގައި ނިޔާވި، ގ.ލިއެނާ، ޙުސައިން މުޙައްމަދަކީ ގިނަ ބަޔަކު ދަންނަ މޫނެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތް ވަނީ އެކިއެކި ރޮނގުރޮނގުން ފުޅާ ދާއިރާއެއްގައި ޤައުމަށް ލިބިފައެވެ. ނޫސްވެރިކަމުގެ ރޮނގުންނެވެ. ސިޔާސީ ރޮނގުންނެވެ. ތަޢުލީމީ ރޮނގުންނެވެ. އިއްޔެ އެމަނިކުފާނު މިފަނާވަނިވި ދުނިޔެއިން ވަކިވެގެން ދިޔަ ޚަބަރަކީ ގިނަ ބަޔަކު ރޮއްވާލި ޚަބަރެކެވެ. ޓީވީއެމްއާއި، ވީމީޑިޔާ އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުގައި ގިނަ ދުވަސްތަކެއް އުޅުއްވި މުހައްމަދު އާސިފް (މުންދު) ވަނީ މަރުޙޫމް ހުސައިންބެ […]