މޫސުން ވަރަށް ގޯސް! މަސްވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވޭ!

Loading

Facebook
Twitter
WhatsApp
ރާއްޖޭގެ މޫސުން ގޯސްވެ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން  ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.
     އޮރެންޖް އެލާޓް ނެރެފައިވަނީ ބ.އަތޮޅުން އައްޑޫ އަތޮޅާއި ހަމަޔަށް މިރޭ 22:30 އިން މާދަމާ މެންދުރު 2:30 ހަށެވެ.
     މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، މިސަރަހައްދުތަކަށް އެވްރެޖް ގޮތެއްގައި ގަޑިޔަކި 34-40 މޭލާއި ދެމެދުގެ މިންވަރަކަށް ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 60 މޭލާއި ހަމަޔަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރެއެވެ. މި ވަގުތުތަކުގައި އާދަޔާ ޚިލާފަށް ކަނޑުތައް ގަދަވާނޭކަމަށް ލަފާކޮަށް އެކަމަށް ސަމާލުވާން އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
     މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށާއި، އަދި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށެެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
     ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކާއި، މުއާސަލާތީ ނިޒާމުތައް ހަމަކުރުމާއި، އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުން މިވަގުތަށް ވަރަށް މުހިންމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް