ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި!

Loading

Facebook
Twitter
WhatsApp

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މިގޮތުން ރޭދަންވަރު 1:00 އިން މިއަދު ހެނދުނު 7:00 އަށް ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅާއި ގދ.އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިސަރަހައްދަށް ބޯކޮށް ވާރެވެހުމާއި، އެކު ގުގުރުން އެކަށީގެންވެއެވެ. އަދި 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެދާނޭ ކަމަށް ލަފާކުރެއެވެ.

މީގެ އިތުރުން މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އަށް ވަނީ ޅ.އަތޮޅާއި، އައްޑޫ އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހުމާއި ގުގުރުމާއި އެކު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަ ވެދާނޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެެއެވެ.

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައި ވާއިރު، މެދު ރާއްޖެތެރެއާއި އިތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަ ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް