ވިޑް19: އިއްޔެ ފައްސިވީ 80 މީހުން!

Loading

Facebook
Twitter
WhatsApp

އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް އިތުރު 80 މީހަކު ފައްސިވެެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 77 މީހަކު މާލެ ސަރަހައްދަށް ނިސްބަތް ވާއިރު، 3 މީހަކު ނިސްބަތްވަނީ އަތޮޅު ތެރެއަށެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި، 20 ބިދޭސީންނެވެ. އިއްޔެ އާއި ހަމަޔަށް ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 8361 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 2684 މީހަކު އިއްޔެއާއި ހަމަޔަށް ބަލިން ރަނގަޅު ނުވެ ތިބިކަން ފާހަގަ ކޮށްލެވެއެވެ.

ކޯވިޑް19 ޖެހިގެން 162 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އަދި 1253 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެކަހެރި ކުރެވިފައެވެ.

ރާއްޖޭއިން މިބަލީގައި މިހާތަނަށް 29 މީހަކު މަރުވެފައި ވާއިރު، ފަސް ހާހަށް ވުރެން ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ކުރިން މާލޭގައި އެކެނި ބަލި ފެތުރެމުން ދިޔަ ނަމަވެސް، ފުރަބަންދަށް ދިން ލުއިތަކާއި އެކު އަތޮޅުތެރެއިން ބަލި ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އެގޮތުން 39 ރަށަކުން މިހާރުވެސް އެކްޓިވް ކޭސްތައް ފެނިފައި ވާއިރު، އޭގެ ތެރޭގައި 20 ރިސޯޓެއްގެ 45 މުވައްޒަފުންނާއި، 17 ފަތުރުވެރިއަކު ވެސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް