ކޯވިޑް19: 58 އިއްޔެ އިތުރު 62 މީހަކު ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 62 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 11 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 51 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 18 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 9052 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1960 އެކްޓިވް ކޭސް […]

ހުޅުމާލޭ ހޮސްޕިޓަލްގައި ކޮވިޑް-19އަށް ޓެސްޓްކުރަން ފަށައިފި

ާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ޓެސްޓް ހެދުން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްތައް ކުރަން ފަށައިފިއެެވެ.   ކޮވިޑް-19 އަށް ޓެސްޓް ކުރަން އެ ހޮސްޕިޓަލުން ފަށާފައިވަނީ މި ދިޔަ ބުރާސްދުވަހުއެވެ.   ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ މި އެ ހޮސްޕިޓަލުގެ އަމާޒަކީ ދުވާލެއްގެ މަށްޗަށް 200 ސާމްޕަލް ޓެސްޓްކުރުމަށް ކަމަށާއި ޓެސްޓްހެދުމަށް ބޭނުންވާ ވަސީލަތްތައް ލިބެމުން ދާވަރަކަށް ޓެސްޓް ކުރާމިންވަރު އިތުރުކުރާނެ ކަމަށެވެ.   ޓެސްޓް ހެދުމުގެ މަސައްކަތުގައި ހުޅުމާލޭ […]

ޒުވާނުންނަކީ ޤައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލު- ހުކުރު ޚުތުބާ

ޒުވާންކަމުގެ ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިއްޔެގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. ”ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން“ މި މަޢުޞޫއަށް އިއްޔެދިން ޚުތުބާގައިވަނީ ޒުވާނުންނަށް ނުހަނު އަގުހުރި ނަސޭހަތްތަކެއް ދީފައެވެ. މިގޮތުން ދިވެހި ޤައުމުގައި ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރެވޭނީ ޒުވާނުންނާއި، ބޮޑުވަމުން އަންނަ ޖީލުތަކަކީ ހެޔޮލަފާ، މަސައްކަތްތެރި، މުރާލި އަދި ޒިންމާދާރު ބަޔަކަށް ވެގެން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީވެސް އެކަމާއިމެދު މުޅި ޤައުމު ހިތާމަކުރާނޭ ކަމެއް ކަމަށްވެސް ޚުތުބާގައި […]

އުރީދޫ އިން ރާއްޖެ އިޝްތިހާރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް ފަށަން ނިންމައިފި އެވެ. އުރީދޫ އިން ބުނީ އެމްއެމްޕީއާރުސީއާ ގުޅިގެން ފަށާފައިވާ ”ވިޒިޓް މޯލްޑިވްސް ނައު“ ކެމްޕޭންގެ ދަށުން އުރީދޫ އޮޕަރޭޓް ކުރާ 10 ގައުމެއްގެ 117 މިލިއަން އަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރަން ޑެސްޓިނޭޝަން ކެންޕެއިނެއް ހިންގާނެ ކަމަށެވެ. މި ކެމްޕޭންގެ ދަށުން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކްގެ ކަސްޓަމަރުންނަށް، […]

ކޮންމެ މީހެއްގެ ވިސްނުން ތަފާތުވާނެ! މީ އަޅުގަނޑުގެ ވިސްނުން!

ދިވެހިންގެ ހަނދާން ބަލިނޫންނަމަ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކޮށްގެން 17 އަހަރު އުޅުނުކަންވެސް ތާރީޚުފޮތްތަކުން ފެންނާންއޮތްކަން ހަނދާންހުންނާނެއެވެ. މިއަދަކީ ކަންނަންނޫރުގައި ހުންނަ މިސްކިތެއް ދިވެހިންގެ ބަޔަކުގޮސް ވަގަށް ގެނެވޭނެ ދުވަހެއްނޫނެވެ. އިއްޔެވަނީ އެކަންވެސް ކޮށްފައެވެ. އަދި ކަނޑުމަތިން މާލެއަތޮޅު ގިރާވަރުކައިރިން ދިވެހިންގެ ފުރަތަމަ ޣާޒީ މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން ރަސްގެފާނު އިބްރާހީމް ކަލަމިންޖާވެސް ވަނީ ގަތުލުކޮށްފައެވެ. އިންޑިއާގެ ހޮޅިންގެ ރަސްކަމެއްވެސް ދިވެހި ގައުމުގައި އެދުވަހުވެސް ކުރިއެވެ. ހުރާއިން ނުކުންނެވި ބަތޮލެއްގެ ހިތްވަރުގަދަ ކުރިމަތިލުމަކުން ދިވެހި ޤައުމު ސަލާމަތް ކުރެއްވިކަން […]

”ހައްގުފޮށި“ ގެ ނަމުގައި އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވައިފި

ޖޫރިމަނާ ދެއްކުމުގެ ގޮތުން އިދިކޮޅު ދެ ޕާޓީ، ޕީޕީއެމާއި ޕީއެންސީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ދެއްކުމަށް ”ހައްގުފޮށި“ ގެ ނަމުގައި ފަންޑު ފޮށްޓެއް ހުޅުވައިފިއެވެ. ”ހައްގުފޮށި“ގެ ނަމުގައި އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވާފައި ވަނީ މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިދިކޮޅު ދެ ޕާޓީ އިލެކްޝަން ކޮމިޝަނުން ޖޫރިމަނާ ކޮށްފައިވަނީ 150،000 ރުފިޔާއިންނެވެ. އީސީ އިން ބުނީ، އެ ދެ ޕާޓީން އިސްވެ އޮވެ އިދިކޮޅު ލީޑަރު އަދި ކުރީގެ […]

ހޯރަފުށީގެ އާދޭސް އަޑުއައްސަވާ!

ހއ.އަތޮޅުގައި މިވަގުތު ހުރި ދެ ރިސޯޓްގެ ތެރެއިން އެއް ރިސޯޓްކަމުގައިވާ، ޖޭއޭ މަނަފަރަކީ އަތޮޅުގެ ވަރަށް ގިނަ ޒުވާނުންތަކެއް، އެތައް އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރަމުން އައި ތަނެވެ. ޚާއްސަކޮށް މަނަފަރާއި އެންމެ ކައިރީގައި އޮންނަ ހޯރަފުށީ ދާއިރާގެ ރަށްތަކަށް ނިސްބަތްވާ ގިނަ ޒުވާނުންތަކެއް އެތަނުގައި ވަޒީފާ އަދާކުރަމުން އައި އިރު، ކޯވިޑްގެ ސަބަބުން ގިނަ ރިސޯޓްތަކެކޭ އެއްފަދައިން އެރިސޯޓުން ވެސް މުސާރަޔާއި އިނާޔަތްތައް ވަރަށް ބޮޑަށް ކުޑަކުރިއެވެ. ނަމަވެސް ދާދި މިދާކަށް ދުވަހު ވަނީ އެއްވެސް […]

ކޯވިޑް19: 58 ދިވެހިންނާއިއެކު އިތުރު 90 މީހަކު ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 90 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 12 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 78 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 58 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 32 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 8990 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2107 އެކްޓިވް ކޭސް […]

އެހްއީއޯސީގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި!

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެހްއީއޯސީ)ގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ވަނީ އެމަރުކަޒު ހިންގަމުން ގެންދަވާ ދަރުބާރުގެއަށް ވަޑައިގެންފައެވެ. ރައީސުލް ޖުމްހޫރިއްޔާވަނީ އިއްޔެ ބޭއްވި ހެލްތް އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މިކޮމިޓީގައި އެންމެ އިސްކޮށް ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މިބައްދަލުކުރެއްވުމުގައި ރައީސްވަނީ މިހާލަތުގައި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. މިޝުކުރުގައި ސިއްޙީ މަސައްކަތްތެރިންވަނީ ޚާއްސަ ކުރައްވައިފައެވެ. […]

މޯލްޑިވްސް މީޑިޔާ ކައުންސިލުންދޭ އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި!

މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ ދާއިރާގެ އެވޯރޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައިފައިވަނީ ސެޕްޓެމްބަރ 10 ވަނަ ދުވަހުއެވެ. މީޑިޔާ ކައުންސިލުންދޭ އެވޯރޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ އިއުލާނުގައި، ތަފާތު ދާއިރާތަކެއް ވަނީ ހިމަނައިފައެވެ. އެގޮތުން މިފަހަރުގެ އެވޯރޑްދޭ ދާއިރާތަކަކީ: (ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް) (ށ) އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން (ނ) ތިމާވެއްޓާއި ދެމެހެއްޓެނެވި […]