އެހްއީއޯސީގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި!

147

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެހްއީއޯސީ)ގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ވަނީ އެމަރުކަޒު ހިންގަމުން ގެންދަވާ ދަރުބާރުގެއަށް ވަޑައިގެންފައެވެ.

ރައީސުލް ޖުމްހޫރިއްޔާވަނީ އިއްޔެ ބޭއްވި ހެލްތް އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މިކޮމިޓީގައި އެންމެ އިސްކޮށް ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިބައްދަލުކުރެއްވުމުގައި ރައީސްވަނީ މިހާލަތުގައި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. މިޝުކުރުގައި ސިއްޙީ މަސައްކަތްތެރިންވަނީ ޚާއްސަ ކުރައްވައިފައެވެ.

ރައީސްގެ ވާހަކަ ކޮޅު ކުރިޔަށް ގެނަދަވަމުން އިތުރަށް ވިދާޅުވީ، މާލޭގައި ބަލި ފެތުރޭ މިންވަރު މިދުވަސްވަރު ދަށްވަމުން ދިޔަ ނަމަވެސް، އަތޮޅު ތެރޭގައި ކޯވިޑް19 ފެތުރޭ މިންވަރު އިތުރުވަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި މިދުވަސްވަރު އެކަމަށް ޚާއްސަކަމެއް ދީގެން ބެއްލެވުމަށް އެހްއީއޯސީގެ އިސްބޭފުޅުންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި މިއީ މިވަގުތު ސަރުކާރުންވެސް ބައްޔާއި ގުޅިގެން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސްވަނީ ހާމަކުރައްވައިފައެވެ.

މިޒިޔާރަތް ކުރެއްވުމުގައި ރައީސްވަނީ އެހްއީއޯސީގައި ހުރި އެކި ސްތޭޝަންތަކަށް ވަަޑައިގެން، އެތަނުގެ މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލު ކުރައްވައިފައެވެ. ގޮންޖެހުންތަކާއި އެކުވެސް އެބޭފުޅުން ކުރައްވާ މަސައްކަތަށް ރައީސްވަނީ ޝުކުރު އަދާކުރައްވައިފައެވެ.

1 ހިޔާލު

  1. ސޯލިޙު ރައީސް ތިގޮތަށް ކޮވިޑް ކަންތައްވެސް ބެއްލެވިނަމަ މިއަށްވުރެއްނ ރަނގަޅުވީސްކަމަށް ފެނެއެވެ. ރައީސް މީހާ ޖެހޭ ތަންތަނާއި ޙަވާލުވެތިބި މީހުން ޖަހާ ސަކަރާތް ގާތުން ތިގޮތަށް ބައްލަވަން. އޭރުން ޢަލީވަހީދުމެން ޖެހި ސަކަރާތްވެސް އަތަށްގޮވުމުގެ ކުރިން އެނގުނީސް!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ