ކޯވިޑް19: 58 ދިވެހިންނާއިއެކު އިތުރު 90 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 90 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 12 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 78 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 58 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 32 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 8990 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2107 އެކްޓިވް ކޭސް ހިމެނޭއިރު، 120 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 951 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 28 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި 25 ރިސޯޓް ހިމެނެެެވެ. ރިސޯޓްތަކުން ވަނީ 42 މުވައްޒަފުންނާއި، 13 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.

މިހަފްތާ ތެރޭގައި ކޮވިޑުގެ ކޭސްތައް ފެންނަ ނިސްބަތް ކުރީ ހަފްތާއަށް ވުރެން ދަށްވެފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް