ޒުވާނުންނަކީ ޤައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލު- ހުކުރު ޚުތުބާ

Loading

Facebook
Twitter
WhatsApp

ޒުވާންކަމުގެ ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިއްޔެގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

”ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން“ މި މަޢުޞޫއަށް އިއްޔެދިން ޚުތުބާގައިވަނީ ޒުވާނުންނަށް ނުހަނު އަގުހުރި ނަސޭހަތްތަކެއް ދީފައެވެ. މިގޮތުން ދިވެހި ޤައުމުގައި ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރެވޭނީ ޒުވާނުންނާއި، ބޮޑުވަމުން އަންނަ ޖީލުތަކަކީ ހެޔޮލަފާ، މަސައްކަތްތެރި، މުރާލި އަދި ޒިންމާދާރު ބަޔަކަށް ވެގެން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީވެސް އެކަމާއިމެދު މުޅި ޤައުމު ހިތާމަކުރާނޭ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ ޒުވާނުންނަކީ ޤައުމެއްގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށާއި، ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އުއްމީދުގެ ޙަޤީޤީ މޭސްތިރިންނަކީ ޒުވާނުން ކަމުގައެވެ.

އަދި ހަރުދަނާ އީމާންތެރި ޒުވާނުންނަކީ ދީނާއި ޤައުމަށްޓަކާ ޤުރުބާންވާނޭ ބައެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ޚުތުބާގައި ވަނީ ޒުވާންކަމުގެ އުމުރު ﷲމާތް އަށް ކިޔަމަންވުމުގައި ހޭދަކުރުމަށް ގޮވާލައިފައެވެ. އަދި ﷲ އަަށް އަޅުކަން ކުރުންމަތީ ބޮޑުވާ ޒުވާނާޔަށް، ޤިޔާމަތްދުވަހުން އަރުޝީގެ ހިޔާވަހިކަން ލިބޭނޭ ކަމަށް ރަސޫލާ ޙަދީޘް ކުރެއްވި ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރަސޫލާ(ޞ.ޢ.ވ) ގެ ޒަމާނުގައި ޒުވާނުންނަށް އިސްކަންދެއްވި ކަމަށާއި، ޒުވާން ސަޙާބީ ބޭކަލުންނާއި ގުޅިފައިވާ ޢިބުރަތްތެރި ވާހަކަތަށް ޚުތުބާގައި ކިޔާދީފައިވެއެވެ.

މިފަދަ ދަރުސްތަކުން ފިލާވަޅު ލިބިގަނެ، ޒުވާނުން އިހުނަށް ވުރެން ހަރުދަނާވެ، ދީނީ ކަންކަމަށް ސަމާލުކަންދީ، ޤައުމުގެ މުސްތަޤުބަލަށް ފައިދާހުރި ހެޔޮލަފާ މީހަކަށްވުމަށް ކޮންމެ ޒުވާނަކުވެސް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް