ކޯވިޑް19: 58 އިއްޔެ އިތުރު 62 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 62 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 11 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 51 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 18 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 9052 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1960 އެކްޓިވް ކޭސް ހިމެނޭއިރު، 116 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 908 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 28 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި 26 ރިސޯޓް ހިމެނެެެވެ. ރިސޯޓްތަކުން ވަނީ 39 މުވައްޒަފުންނާއި، 13 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.

މިފަހަކަށް އައިސް ކޯވިޑަށް ފައްސިވާ މީހުން މަދުވުމާއި، އަދި ގިނަ އަދަދެއްގެ ބަޔަކު ބަލިން ރަނގަޅުވަމުން ދިޔުމުގެ ސަބަބުން، އެކްޓިވް ކޭސްތަކުގެ އަދަދާއި، އެޑްމިޓް ކޮށްގެން ފަރުވާދޭ ފަރާތްތަކުގެ އަދަދު ވެސް ދަނީ ދަނީ މަޑުމަޑުން މަދުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް