މޯލްޑިވްސް މީޑިޔާ ކައުންސިލުންދޭ އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި!

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ ދާއިރާގެ އެވޯރޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައިފައިވަނީ ސެޕްޓެމްބަރ 10 ވަނަ ދުވަހުއެވެ.

މީޑިޔާ ކައުންސިލުންދޭ އެވޯރޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ އިއުލާނުގައި، ތަފާތު ދާއިރާތަކެއް ވަނީ ހިމަނައިފައެވެ. އެގޮތުން މިފަހަރުގެ އެވޯރޑްދޭ ދާއިރާތަކަކީ:

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން

(ނ) ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ

(ރ) ސިޔާސީ

(ބ) ޝަރުއީ އަދި ޤާނޫނީ

(ޅ) ވިޔަފާރިއާއި އިޤުތިޞާދު

(ކ) ކުޅިވަރު

(އ) ފޮޓޯ ޖާރނަލިޒަމް

(ވ) ވީޑިއޯ ޖާރނަލިޒަމް

(މ) ފީޗަރ / ރިޕޯޓް

(ފ) އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު

މިއިއުލާނާއި އެކު މޯލްޑިވްސް މީޑިޔާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުވެސް ވަނީ އާންމު ކޮށްފައެވެ.

މި އިނާމުތަކަށް ނަން ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް މީޑިޔާ ކައުންސިލަށެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ސެޕްޓެމްބަރވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ. އަދި މި މުއްދަތު އިތުރު ނުކުރެވޭނޭ ކަމަށްވެސް މިއިއުލާނުގައި ވަނީ ބުނެފައެވެ.

ނޫސްވެރިކަމުގެ އެވޯރޑަކީ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ޒުވާނުންތަކެއް ނިކުންނަމުންދާ މިދަނޑިވަޅުގައި، އެފަރާތްތަކަށް ލިބޭނެ އިތުރު ހިތެވަރެއްކަން ފާހަގަ ކޮށްލެވެއެވެ.

https://www.gazette.gov.mv/iulaan/view/133489

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް