ކޮންމެ މީހެއްގެ ވިސްނުން ތަފާތުވާނެ! މީ އަޅުގަނޑުގެ ވިސްނުން!

Loading

Facebook
Twitter
WhatsApp

ދިވެހިންގެ ހަނދާން ބަލިނޫންނަމަ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކޮށްގެން 17 އަހަރު އުޅުނުކަންވެސް ތާރީޚުފޮތްތަކުން ފެންނާންއޮތްކަން ހަނދާންހުންނާނެއެވެ. މިއަދަކީ ކަންނަންނޫރުގައި ހުންނަ މިސްކިތެއް ދިވެހިންގެ ބަޔަކުގޮސް ވަގަށް ގެނެވޭނެ ދުވަހެއްނޫނެވެ. އިއްޔެވަނީ އެކަންވެސް ކޮށްފައެވެ. އަދި ކަނޑުމަތިން މާލެއަތޮޅު ގިރާވަރުކައިރިން ދިވެހިންގެ ފުރަތަމަ ޣާޒީ މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން ރަސްގެފާނު އިބްރާހީމް ކަލަމިންޖާވެސް ވަނީ ގަތުލުކޮށްފައެވެ. އިންޑިއާގެ ހޮޅިންގެ ރަސްކަމެއްވެސް ދިވެހި ގައުމުގައި އެދުވަހުވެސް ކުރިއެވެ. ހުރާއިން ނުކުންނެވި ބަތޮލެއްގެ ހިތްވަރުގަދަ ކުރިމަތިލުމަކުން ދިވެހި ޤައުމު ސަލާމަތް ކުރެއްވިކަން ދިވެހިން ހަނދާންވެސް ހުންނަންވާނެއެވެ.

މިއަދުގެ މިނިވަންކަމަކީވެސް ދުނިޔޭގެ ހިނގާ އޮއިވަރާދެކޮޅަށް ހިފަހައްޓާލެވޭނެ އެއްޗެއްވެސްނޫނެވެ. އެހެންނޫންނަމަ އެއޮތްބޮޑު ރަޝިއާ ބައިބައިވެ ނުދިޔައީހެވެ. މިއަދުގެ މިނިވަންކަން ދެމިއޮވެވޭނީ އަބަދުވެސް އެ ގައުމެއްގެ ކެރިފޯރުންތެރިކަން އޮންނަ މިންވަރެއްގެ މައްޗަށް ބުރަވެފައެވެ. އަނެއް ދިވެހި ރާއްޖެއަށް ކުރެވުނު ދަތުރާއި އެކު ދިވެހިރާއްޖޭގައި މަދުވެގެން ކޮންމެ ފަސްއަހަރަކު ވެރިކަންނިންމާލާ ވެރިއަކަށް ސެކިއުރިޓީއާއެކު ބައި މިލިއަނަށްވުރެ ގިނަފައިސާ ކޮންމެ މަހަކު ޚަރަދުކުރަން ޖެހިއްޖެއެވެ. މުއައްސަސާތައް ގިނަވެ އިނާޔަތްދޭންޖެހޭ ފަރާތްތައް އިތުރުވެއްޖެއެވެ. ތަޢުލީމަށާއި ދުވަސްވީ މީހުންގެ އިނާޔަތްތައް ނިހާޔަތަށް އިތުރުވެއްޖެއެވެ. މަގުހެދުމާއި އެއަރޕޯޓްތައް ނަހަދާވާނެ ރަށެއް ނެތެވެ. ރައްޔިތުން ދައްކާހާ ޓެކުސް ފައިސާއެއް ވަށައިގެންތިބެ ވަގަށްކައި ހުސްކުރާނެ ބަޔަކުވެސް ބިނާކުރެވިއްޖެކަހަލައެވެ.

ބޭރުމީހަކުނޫނީ ދަރިންބަލާދޭނެ، ކާއެތިކޮޅު ރޯފިލުވާނެ މީހަކުވެސް ނެތިއްޖެއެވެ. ދިރިއުޅުމުގެ ފެންވަރު މިހުރީ އެމެރިކާ ނޫނީ ޖަޕާނަށްވުރެވެސް މަތީގައެވެ. އާންމު މަސައްކަތްކުރާނެ އާބާދީ ނެތިހިނގައްޖެއެވެ. ސަރުކާރުން ދިނީމާނޫނީ އަނގައާ ކާއެތިކޮޅު ދިމާވާނެގޮތެއް ނެތިއްޖެއެވެ. ރާއްޖޭގެ ބޮޑު އާބާދީ މިތިބީ މަސްވެރިކަމުގެ ކުރިއެރުމެއް ނުފެނިއެވެ. ވިޔަފާރިވެރިންނާއި އާންމުންމިތިބީ ބޭރުމީހުނަށް ބަރޯސާވެފައެވެ. ދުނިޔެއަށް ދިމާވި ރޯގާއިން ސަލާމަތްވާނެ ވިސްނުމެއް ދުނިޔޭގައި ނެތްއިރު ދިވެހިންނަކީ އަމުރަށް ކިޔަމަންވެ އިޚުލާސްތެރިކަމާއެކު ކަންކަން ބަލައިގަންނަ ބަޔަކަށްވެސް ނުވިއެވެ. ފެނިގެންދަނީ އަބަދުވެސް ސަކުވާއާއި އިނގިލި ދިއްކުރުމާއެކު ރައްޔިތުންގެ ބޭނުމަށް ދައުލަތުން ބޮޑުޚަރަަދުކޮށްގެން ހެދި ބިނާތަކަށް ގެއްލުން ދޭތަނެވެ.

އިބްރާހީމް ދޮށިމޭނާކިލެގެފާނު ބޮޑުހުޅުޖަހައިގެން ކޮށްފައިވާ ޙުކުމުން ސަލާމަތްކުރުމަށް ލަންކާގައި ދިރިއުޅުއްވާ އަތިރީގޭގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ (އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބައްޕަ) އިނގިރޭސީންނާއި ގުޅިގެން މުޢީނުއްދީން ރަދުންގެ ނުރުހުމާއި އެދުވަހުގެ ފަނޑިޔާރު ނައިބުތުއްތުގެ ދެކޮޅު ހެއްދެވުމާއެކުވެސް އަތިރީގޭގެ ބާރުގަދަކަމުން ރަސްގެފާނަށް ގޮތްހުސްވެ އިނގިރޭސީންގެ ޙިމާޔަތުގެ އެއްބަސްވުން 1887 ގައި އެކުލަވާލިއެވެ.

ނަމަވެސް އެކަމުން ދިވެހި ގައުމަށް ކުރިފައިދާއެއް ނެތެވެ. ހަމައެކަނި އެއިރުގެ އަތިރީގޭ ޕާޓީގެ ރައީސް މިނިވަންވީއެވެ. އޭގެމާފަހުން އިނގިރޭސީން އެއްބަސްވި ހޮސްޕިޓަލް ވެސް އަޅައިދިނީ ގޮތްހުސްވެގެންނެވެ. އިނގިރޭސިން ޕާކިސްތާނާއި އިންޑިއާގެ މެދަށް ގޮތެއްނުނިންމާ ކަސްމީރު ދޫކޮށް އެސަރަހައްދުން ފޭބިގޮތަށް އަޅާދިން ހޮސްޕިޓަލުން ވާރޭހިޔަލެއް ނުވެޔޭބުނުން ދޮގަކަށް ވާނެހެއްޔެވެ؟.

ވީމާ މީދާ ކާގޮތަށް އެތިފުކުފުކުން ނުކައި މިއަދު ފާޅުގައި ރައްޔިތުންގެ މަޖިލީހުގެ ރުޙުމާއެކު މިނިވަންކަން ނުގެއްލޭނެފަދަ އެގްރީމެންޓެއްގެ ދަށުން ސަޢުދީ، ޖަޕާނު، ޗައިނާ ، އެމެރިކާ، ނޫނީ ފުއްދުންތެރި އެހެން ގައުމަކަށް ބޭހެއް ނުވަތަ އެހެންކަމެއް ކުރަންނަމަވެސް މިތަނުން ތަނެއް އަހަރަކު 3 ބިލިއަން ޑޮލަރަށް 50 އަހަރަށް ކުއްޔަށްދޭން ހަމަގައިމުވެސް އަޅުގަނޑު އެއްބަސްވަމެވެ. އެމީހުންނަށް ތިބެވޭނީ ކަޑައެޅިފައިވާ (މިސާލަކަށް ލ. އަތޮޅު ގާދޫ ގައެވެ.) އެއީ އެބަޔަކުވެސް ތިބެވެންވާނީ ރާއްޖޭގެ ސިފައިންގެ ކޮންޓުރޯލް އޮންނަގޮތެއްގެ މަތީކަމަށްވުމަށެވެ. އެއިރުން ދިވެހިން ސަލާންނުޖަހާ ދިވެހިންނަށް އުޅެވެންވާނެއެވެ. ބޭނުންވާ ފެންވަރެއްގެ ހޮސްޕިޓަލްތައް ވެސް އަޅޭނެއެވެ. ކުރިއަރާފައިވާ ސިންގަޕޫރު ގައިވެސް މިހާރުވެސް އެމެރިކާގެ ބޭހެއް އެބައޮތްކަމަށްވެއެވެ. އެގައުމުގެ ރައްޔިތުންނަށާއި ސަރުކާރަށް ބޮޑު ފައިދާ ލިބޭގޮތުގައެވެ.

ޑިމޮކުރަސީއަކީ އަބަދާއި އަބަަދު ދެކޮޅުވެރިކަން އުފައްދާ އެއްބަޔަކީ އަނެއްބައެއްގެ ދުސްމަނުންނަށް ނުވެ ދިވެހި ގައުމު ބިނާކުރާނެ ހަމައެއް ކަމަށް ހަދަން މިއަދުވަނީ ބޭނުންވެފައެވެ. މިފެންނަ މަންޒަރު މިގޮތަށް ފެންނަހާ ހިނދަކު މިއަދުގެ ޅަދަރިން މާދަމާއަށް ތައްޔާރުކުރެވޭނީ ހަތުރުންގެ ގޮތުގައެވެ. ވީމާ ސިޔާސީ ޕާޓީތައް ރައްޔަތުންގެ ޓެސްފައިސާ ބޮޑުތަނުން ޚަރަދުކޮށްގެން، ހިންގުމުގައި މިނޫންގޮތެއް ހޯދަންވެއްޖެއެވެ. ނުފޯރާ ފޮތިން ފޫގެޅުން ދޫކޮށްލަންއެބަ ޖެހެއެވެ!

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް