އެމްޑީޕީ ޕްރައިމަރީގައި އިބޫ އަންނި ބަލިކޮށްފި 

އެމްޑީޕީ 2023 ގެ ޕްރައިމަރީގައި އިބޫ 7654 ވޯޓުން އަންނި ބަލިކޮށްފިއެވެ. ޕާޓިގެ ޗެއަރަމަން ޕްރައިމަރީގައި އިބު ސަޕޯޓް ކުރައްވާ ފައްޔާޒު މޮޅުވެ އަންނި ސަޕޯޓް ކުރެއްވި އިންތި ބޮޑުތަނުން ބަލިވުމުންނެވެ. ޒަމާންތަކެއްވަންދެން ރައީސް ނަޝީދު ޑިމޮކްރަސީގެ ނަމުގައި ޚުދުމުޚުތާރު އުޞޫލުން ހިންގަމުން ގެންދެވި އެމްޑީޕީ މިއަދުމިވަނީ މިނިވަންވެ ފުރިހަމަ ޑިމޮކްރަސީގެ އުޞޫލުން ހިންގުމަށްއިބްރާހީމް މުޙައްމަދު ޞޯލިޙު ފުރުސަތު ހޯއްދަވައިދެއްވާފައެވެ. މިއަދަކީ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެހާ ރައްޔިތުންގެ ހިތުގެ އުފާވެރިކަން ފާޅުކުރާނެ ދުވަހެކެވެ.  ​ޑިމޮކްރަސީގެ ނަމުގައި ނުކުންނެވި އަންނި އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނާއި ރާއްޖޭގެ ވެރިކަން ޙަވާލުކުރުމަށެވެ.އެހެން އެއްވެސް […]

ދިވެހިދަރީން ބިނާކުރަން ވާނީ الله ގެ މަގުން

ދިވެހިން އިސްލާމްދީނުގެ ތެދުމަގު ޚިޔާރުކުރިތާ މިހާރު މިވަނީ އަށްސަތޭކަ އަހަރަށްވުރެ ގިނަދުވަސް ވެފައެވެ. އެހެންކަމުން އެދުވަހުން ފެށިގެން ދިވެހިދަރިން ބިނާކުރަން ވާނީ ދިވެހިންގެ ދީންމަތީގައި ތިބެ އެދީނުގެ ފުރިހަމަ ބިންގަލުގައެވެ. އިސްލާމްދީން އަންގަވަނީ الله ގެ ފޮތާއި ރަސޫލާ ދެއްކެވި މަގުން އިސްލާމުންގެ ހުރިހާކަމެއް ފުރިހަމަކުރުމަށެވެ. އަދި ހަމަ އެފަދައިން ދީނުގެ އެއްބަޔަށް ތަބާވެ އަނެއްބައި ދޫކޮށްލުމަކީ الله ގެ މަގަށް ތަބާވުމެއް ނޫނެވެ. މިކަން ކުރެވޭނީ މިއަދުގެ ޅަދަރިންނަށް މަގުދައްކަވަން ތިއްބެވި ފަރާތްތަކުން އިސްލާމުދީނުގެ ފުރިހަމަ […]

ޑިމޮކުރަސީން ލިބުނު އެއްޗަކީ ދިވެހިންގެ ރީތި އާދަކާދައާއި އަޚުލާޤު ނެތިދުއުން

އިއްޔެގައި އެކުވެރިކަމާއި އެއްބަޑު އެއްބަފާކަމުގައި އެކުގައި އުޅުނު ދިވެހިން މިއަދު މިވަނީ ޑިމޮކްރަސީގެ އަވާމެންދުރުން ހިޔަނިއެޅި އެކުވެރިކަން ގެއްލި އަބަދާއަބަދު ފުރައްސާރަކުރުމާއި ދެކޮޅުވެރިކަމުގެ ތެރޭގައި ހަތުރުންނަށް ވެފައެވެ. އެކަކު އަނެކަކަށް ވަގަށްގޮވުމާއި ފުރައްސާރަކުރުމާއި ފިތުނަވެރިކަމުގެ އިންތިހާގައެވެ. ވެރިއެއް ރައްޔިތެއް ނޭނގި ކޮންމެމީހަކީ އެމީހެއްގެ ސިޔާސީ ފިކުރު ޤަބޫލުނުކުރާނަމަ އަނެކެއްގެ ޢަދުއްވެކެވެ. އަދި ވިކިފައިހުރި މީހެކެވެ. ސަރުކާރުތަކުން ކުރައްވާ ކޮންމެކަމަކީ ރައްޔިތުންގެ ލާބައަށް ކުރައްވާ ކަމަކަށްވިޔަސް މުޖުތަމަޢު ދެކެނީ އެކަމަކީ ”ސަރުކާރުގެބޮޑުންގެ އަންބޮޑި“ ބޮޑުކުރަން ހިންގަމުންގެންދާ ކަންތައް ކަމުގައެވެ. […]

ބަރުލަމާނީ ނިޡާމަކީ ދިވެހިންނަށްހުރި ނުރައްކަލެއް

ދިވެހިރާއްޖޭގެ ރަސްކަންމުގެ ދުވަސްވަރު ސަރުކާރު ހިންގީ ބަރުލަމާނީ ނިޡާމުންނެވެ. 1968 ގައި ރައްޔިތުންގެ ވެރިކަމުގެ ނިޡާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުން ބަލައިގަތީ ރިޔާސީ ނިޡާމެވެ. އަދި އޭގެފަހުންވެސް ނިޡާމު ކަނޑައަޅަން ރައްޔިތުންގެ ވޯޓެއް ނެގިއެވެ. އެފަހަރުވެސް ރައްޔިތުން އާނބަސް ބުނީ ރިޔާސީ ނިޡާމަށެވެ. އެމްޑީޕީ އަޑު އުފުލީވެސް ތިންބާރު ވަކިވެފައިވާ ނިޡާމަކަށެވެ. އެއީ ރިޔާސީ ނިޡާާމެވެ. ވެރިކަމުގެ ބާރާއި ޤާނޫނުހަދާ ބާރާއި ޝަރުޢީ ނިޡާމު ވަކިވެފަަަަަަަައިވަނީ ރިއާސީ ނިޡާމުގައެވެ. ނަމަވެސް ބަރުލާމާނީ ނިޡާމުގައި މިދެންނެވި […]

މިނިވަންކަން ގެއްލެމުންދާ މިއަދު ކޮބާ؟ ނައިބުތުއްތު

ދިވެހި ޚާއިނުން ދިވެހި ޤައުމު އެބައެއްގެ މަންފާއާއި ސަލާމަތަށް ވިއްކާލާއިރު ރައްޔިތުން ކުޅިބަލަން ތިބެއްޖެނަމަ މި ދިވެހި ބިމުގައި ލޭ އޮހޮރި އިސްލާމީ ވަހުދަތު ފިލާދާނެކަން އެއީ ކަށަވަރުވެ އެނގޭކަމެކެވެ. މިއަދު އިންޑިއާގެ ކިހިލިފަތް ދަށުވެ އިންޑީއާގެ މިލިޓަރީގެ އަޅުވެތިކަމުގައި ޖެހިި އަދި ބޮޑު ދަރަނީގެ ދަންތުރައަކަށް ފެތިގެން މިދިޔައީ، ދިވެހިން އެމީހަކަށް އިތުބާރުކޮށް އެމީހެއްގެ ފަހަތުން ދުވުނު އެމްޑީޕީގެ ރައީސް ނަޝީދު އާއި ރައީސް މައުމޫނު އާއި ޔާމީނުގެ ސަރުކާރު ވަށްޓަލުމަށް ބައިޢަތުހިފާ ކަނޑައެޅިގެން މޭޑޭގެ […]

އަނެއްކާވެސް ”އަނދިރި އަނދިރިއެއްގެ“ ހިޔަނީގެ ދަށަށް ރާއްޖެ!

އިންޑީއާގެ ދަރަނީގެ ދަންތުރައިގާ ޖައްސާ ދިވެހިންގެ މިނިވަންކަން ގެއްލުވާލުމަކީ ގައުމަށް ވެވުނުބޮޑު އެންމެބޮޑު ޚިޔާނާތެވެ. އެ ދަރަނީގެ ދަންތުރައެއްގައި ޖައްސުވާ ދިވެހިން މިވަނީ އަނެއްކާވެސް އަނދިރި އަނދިރިއެއްގެ ހިޔަނީގެދަށުން މިނިވަންކަން ގެއްލުވާލާފައެވެ. ޒަމާންތަކަކަށްފަހު މިއަދު ދިވެހި ޤައުމު އަނެއްކާވެސް އަޅުވެތިކަމެއްގެ ތެރެއަށް ގެނބިގެންމިދިޔައީ އެކުވެރިކަމާއި ތަރައްޤީގެ ނަމުގައެވެ. ދަރަނިވެރިކަމުގެ ކަރުމަޅިއެއްގެ ތެރެއަށް މެހިގެންނެވެ. މިހާރު ދިވެހިންނަށް ނޭވާލެވޭނީވެސް އިންޑިއާގެ ހުއްދައާ އެކުގައެވެ. އިންޑިއާގެ ހަތިޔާރުއެޅި ލަސްކަރުގެ ކަޅުއަދިރި ހިޔަނި އެޅިފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެރެއާއި ދެކުނުގައެވެ. އުތުުރުން […]

”އިންޤިލާބު“

ދިވެހިން ދިވެހިންގެ ޤައުމުގެ ދިފާޢުގައި ނުކުންނަނީއެވެ. ދިވެހިންނަކީ ޒުވާބު ކުރިއަސް، އަރާރުން ވިއަސް، ދެބަސްވިއަސް، ތިމާ ސަޕޯޓުކުރާ ފިކުރު ތަފާތުވިއަސް ދިވެހިންގެ ދީން، އިސްލާމްދީނާއި ޤައުމު ދިފާޢުކުރުމުގައި އެއްމާބަނޑު ދެބެންފަދަ އެކުވެރި އަޚުންތަކެކެވެ. ދިވެހި ޤައުމު ބޭރުގެ ނުފޫޒުގެ ތެރެއަށް ގެނބިގެންދާ ކޮންމެ ހިނދެއްގައި މާޒީގައި ވެސް ދައްކުވައި ދީފައި ވަނީ އަޚުވަންތަކަމާއި އެކުވެރިކަމެވެ. ދިވެހި ޤައުމުގެ ދިފާޢުގައި އަޑުއުފުލައި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށްޓަކައި 22 އޮކްޓޯބަރ 2021 ވާ ހުކުރު ދުވަހުގައި ނުކުތުމަށް ތައްޔާރުވަމުން […]

މިނިވަންކަން ގެއްލުމުން ދަރިންގެ ދަރިންނަށް ރައީސް ނަޝީދު ފޯރުކޮށްދެއްވާނީ ކޮންއެއްޗެއް؟

ރައީސް ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާއެކުގައެވެ. ދިވެހީންނަށް ލިބޭމިންވަރަކީ ދިވެހިންނަށް ޙައްޤު މިންވަރެއްނޫންކަމަށް ވިދާޅުވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ، ތިމަން މަނިކުފާނު ދިވެހިންނަށް ފޯރުކޮށްދެއްވަން ބޭނުންފުޅު ވަނީ މިއަދަށްވުރެ މާބޮޑު މާފުރިހަމަ މާދަމައެއް ކަމަށެވެ. ވެރިކަން ކުރަމުން ދަނީ އެމްޑީޕީންނެވެ. އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ނަޝީދެވެ. ޖޭއެސްސީގައި ނަޝީދު އެބަ އިންނަވައެވެ. ގައުމުގެ މިއަދުގެ ހާލަތަށް ބަލާލަމާތޯއެވެ؟ މިނިވަން އިސްލާމީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ޢަޤީދާ ބަލިކަށިވެއްޖެއެވެ. […]

ކޮންމެ މީހެއްގެ ވިސްނުން ތަފާތުވާނެ! މީ އަޅުގަނޑުގެ ވިސްނުން!

ދިވެހިންގެ ހަނދާން ބަލިނޫންނަމަ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކޮށްގެން 17 އަހަރު އުޅުނުކަންވެސް ތާރީޚުފޮތްތަކުން ފެންނާންއޮތްކަން ހަނދާންހުންނާނެއެވެ. މިއަދަކީ ކަންނަންނޫރުގައި ހުންނަ މިސްކިތެއް ދިވެހިންގެ ބަޔަކުގޮސް ވަގަށް ގެނެވޭނެ ދުވަހެއްނޫނެވެ. އިއްޔެވަނީ އެކަންވެސް ކޮށްފައެވެ. އަދި ކަނޑުމަތިން މާލެއަތޮޅު ގިރާވަރުކައިރިން ދިވެހިންގެ ފުރަތަމަ ޣާޒީ މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން ރަސްގެފާނު އިބްރާހީމް ކަލަމިންޖާވެސް ވަނީ ގަތުލުކޮށްފައެވެ. އިންޑިއާގެ ހޮޅިންގެ ރަސްކަމެއްވެސް ދިވެހި ގައުމުގައި އެދުވަހުވެސް ކުރިއެވެ. ހުރާއިން ނުކުންނެވި ބަތޮލެއްގެ ހިތްވަރުގަދަ ކުރިމަތިލުމަކުން ދިވެހި ޤައުމު ސަލާމަތް ކުރެއްވިކަން […]