އިއްޔެގައި އެކުވެރިކަމާއި އެއްބަޑު އެއްބަފާކަމުގައި އެކުގައި އުޅުނު ދިވެހިން މިއަދު މިވަނީ ޑިމޮކްރަސީގެ އަވާމެންދުރުން ހިޔަނިއެޅި އެކުވެރިކަން ގެއްލި އަބަދާއަބަދު ފުރައްސާރަކުރުމާއި ދެކޮޅުވެރިކަމުގެ ތެރޭގައި ހަތުރުންނަށް ވެފައެވެ. އެކަކު އަނެކަކަށް ވަގަށްގޮވުމާއި ފުރައްސާރަކުރުމާއި ފިތުނަވެރިކަމުގެ އިންތިހާގައެވެ. ވެރިއެއް ރައްޔިތެއް ނޭނގި ކޮންމެމީހަކީ އެމީހެއްގެ ސިޔާސީ ފިކުރު ޤަބޫލުނުކުރާނަމަ އަނެކެއްގެ ޢަދުއްވެކެވެ. އަދި ވިކިފައިހުރި މީހެކެވެ.
ސަރުކާރުތަކުން ކުރައްވާ ކޮންމެކަމަކީ ރައްޔިތުންގެ ލާބައަށް ކުރައްވާ ކަމަކަށްވިޔަސް މުޖުތަމަޢު ދެކެނީ އެކަމަކީ “ސަރުކާރުގެބޮޑުންގެ އަންބޮޑި” ބޮޑުކުރަން ހިންގަމުންގެންދާ ކަންތައް ކަމުގައެވެ. ވާނީވެސް އެހެންތާއެވެ! ޕެންޑަމިކުންވެސް ފެނިގެންދިޔައީ ވަޒީރުންނާއި ކުދިބޭކަލުންގެ ވަށްކަމުގެ ހުތުރު ޢަމަލުތަކެވެ. ޑިމޮކްރަސީއަކީ ލޮލެއްް ހަޔާތެއް އަގަލެއްނެތް ހުތުރުކަންބޮޑު ނިޡާމެއްކަން މިވަނީ ފާޅުވެފައެވެ. ޑިމޮކްރަސީއަކީ ޢަޣީދާ ބަލިކަށި ދީނެއް ހަމައެއްނެތް ބައެއްގެތެރޭގައި އަށަގަނެފައިވާ ނިޡާމެއްކަން މިވަނީ ސާބިތުވެ ކަށަވަރުވެފައެވެ.
ވިސްނަވާށެވެ! ޑިމޮކްރަސީގެ އެއްވެސް ޤައުމެއްގައި ތިމާ އަޅުކަންކުރާނެ ޚާލިޤުވަންތަ ކަލަކު ޤަބޫލުކުރާ މުޖުތަމަޢުއެއް ނުވެއެވެ. މުޅިންވެސް ފެންނަނީ އަމިއްލައަށް ހަދާފައިހުރި ބުދުތަކަށް ނޫނީ ނޫންނަމަ ޚާލިޤުވަންތަ ފަރާތްދޫކޮށް އެފަރާތުގެ “ދަރިކަލަކަށް” އަޅުކަންކުރާ ބަޔަކު ދިރިއުޅެމުންދާ ޖަމާއަތްތަކެވެ. ނޫންނަމަ ގަނޑަކަށް, ގެރިއަކަށް އަޅުކަންކޮށް އަދި އެގެރީގެ ނަޖިސް ބޮއި އަދި ނިތްކުރީގަޔާއި ގައިގައި އުގުޅައިގެން ދިރިއުޅެމުންދާ ޖަމާއަތްތަކެވެ.
އެބަޔަކީ ތިމާމެންގެ ބުއްދީގެ ބޭނުންހިފަންނޭނގި ގެރިބަކަށްޓަށް އަޅުކަންކުރާ ފިކުރުގެ ބައެއްގެމެދުގައި އޮންނަ ޑިމޮކުރަސީ އަކުން އިސްލާމީ ހަރުދަނާ އަޣީދާގެ ބަޔަކަށް ކުރާނެ މަންފާއެއްން ނޯންނާނެކަން ޚުދު އަޅުގަނޑަށްވެސް އެއިރަކު ނުވިސްނުނެވެ. ޑިމޮކުރަސީއަކީ ދޮންވެ ފައްކާވެފާވައި އަނގައަށްމީރު ފޮނިރަހަދޭ މޭވާއެއްކަމަށް ހީކުރެވި ޑިމޮކުރަސީ ގެންނަންއުޅުނު މީހުނާއެކު ނުކުމެ ގުދާރު ބިދެންދެން މަސައްކަތް ކުރެވުނީތީ މިއަދު މިވަނީ ހިތާމަކޮށް ގިސްލާރޯން ޖެހިފައެވެ.
އަޅުގަނޑަށް އެހެންނުވާންވީ ކީއްވެތޯއެވެ. ޒަމާނުއްސުރެ އެކުވެރިކަމާއި އެއްބަޑުއެއްބަފާ ބައެެއްގެގޮތުގައިތިބި ދިވެހިން މިއަދުމިވަނީ ޑިމޮކުރަސީގެ އަވާމެންދުރުގައިޖެހި ބައިބައިވެ ނިކަމެތިވެފައެވެ. މިއަދު މިފެންނަނީ މިސްކިތްތަކަށް ބޮޑުކަމު ހާޖަތަށްގޮސް “ކިޔަވައިގެންތިބި” އެއްވެސް ތަޖްރިބާއެއްް ނެތް އިސްލާމީ ޢަޣީދާ ބަލިކަށި ޖާހިލުން މިނިސްޓަރުންނަށްވެ އިސްލާމީ އަޣީދާ ސުކޫލުކުދިންގެ މެދުގައި ބަލިކަށިކުރުމަށް ފޫގަޅުއްވައިގެން ތިއްބެވި އެވިދާޅުވާ ނަމޫނާދައްކާ އަންހެން މިނިސްޓަރުންނެވެ.
މިއަދު މިފެންނަނީ ރަސްކަމުގެ ދުވަސްވަރު އިންޑިއާގެ އަޅުވެތިކަމަށް ރާއްޖޭގެ މަލިކު ދޫކޮށްލިފަދައިން ޑިމޮކުރަސީގެ އަވާމެންދުރުގައިޖެހި “މަދުބައެއްގެ ސަލާމަތަށް” ދިވެހިންގެ މިނިވަންކަން ގެއްލި މުޅި ދިވެހި ޤައުމު އިންޑިއާގެ އަޅުވެތިކަމަށް ދޫވެގެންދާތަނެވެ. ހިތާމަކޮށް ރޯންއެނގޭނީ މިނިވަންކަން އަތުންދޫވެ ބައެއްގެ އަޅުވެތިކަމުގައި ތިބެންޖެހޭ ދުވަހުންނެވެ. ކާބަފައިން ބުނެއުޅުނެވެ. “ރައްކާވެ ތިބިއްޔާ ދަތުރެވެ.”
ދުޢާއަކީ ދިވެހިންގެ މެދުގައި ކުރިންވެސް އޮތް ގާތްކަމާއި އާޚުވަންތަންއޮވެ ދިވެހިރާއްޖެ އަބަދުގެ އަބަދަށް މިނިވަންކަމަތީ ލެހެއްޓެވުމެވެ. އާމީން!
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
2 Responses
dhivehin halaaku ve nethi dhanee maabaaru gadha nulafa hudhumuhuthaaru verin ge sababunneve. Baithul maalakee thimannayah lahgaafa oi fohtehkamah dheki gaanoonu thima hithu huri gothah maana kuraa dheen ahdana akah hadhaigen uuley seedheen ge sababunneve.
Dhuniye kaanee makaraa jahaigen kan miverin ge masterun vanee rangalhah bunedheefa eve. Veemaa dhen dhaanee mihen. India ge military ge enheegaives divehin maraigenves verikan koffaane eve. Verikanah booth keimaa koffa nukuraane kameh noannaane eve